މައިގަނޑު ބަޔަށް ދާން

ހަބަރު

މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެއީ ކަޝްމީރުގެ / މައިސަމް މުޞްޠަފާ )22އ( އާއި އުފާ / ޢަލީ ފިރްޞާދު އާދަމް )21އ( އާއި ހިރުނދުގެ / ޢަލީ ހަސްރާނު )21އ( އާއި ސަކްސަސް / މުޙައްމަދު ސުނޭޙް )19އ( އެވެ.

އަހުމަދު އާހިލް ސައީދު

ކަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ)؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް
ކަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ)؛ ފޮޓޯ / ދިވެހި ފުލުހުންގެ ހިދުމަތް

މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ވިއްކާ ވިޔަފާރިކުރާކަމަށް ތުުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ރ.ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދުވާފަރަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެއީ ކަޝްމީރުގެ / މައިސަމް މުޞްޠަފާ (22އ) އާއި އުފާ / ޢަލީ ފިރްޞާދު އާދަމް (21އ) އާއި ހިރުނދުގެ / ޢަލީ ހަސްރާނު (21އ) އާއި ސަކްސަސް / މުޙައްމަދު ސުނޭޙް (19އ) އެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ދުވާފަރު ޕޮލިހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައެވެ. މި މަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށުގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅަކާއި އެތަކެތި ބޭނުންކުރުމަށް ގެންގުޅޭ ބައެއް އާލާތްތައް ފެނިފައެވެ. 

މި މައްސަލައިގައި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މައިސަމް މުޞްޠަފާ އަށް 15 ދުވަސް އަދި ބާކީ ތިން މީހުން ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ދުވާފަރު ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.