މައިގަނޑު ބަޔަށް ދާން

ހަބަރު

އެތެރޭގެ މުޢާމަލާތްތައް ރުފިޔާއަށް ބަދަލުކުރުމަށް ދިހަ އަހަރު ނަގާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ހަތް ބިލެއް ތަސްދީޤުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ ޙާޞިލުކުރެވޭނެ ލަނޑުދަނޑިއެއް ކަމަށާއި ނަމަވެސް ރައްޔިތުންނަށް ބުރަ ބޮޑުނުވާނެހެން މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ. މިހާރު ރާއްޖޭގެ އެތެރޭގައި ކުރާ މާލީ މުޢާމަލާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 42 އިންސައްތަ މުޢާމަލާތްތަކުގައި ބޭނުންކުރަނީ ބޭރު ފައިސާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އަހުމަދު އާހިލް ސައީދު

ރައީސް ޑރ.މުއިއްޒު
ރައީސް ޑރ.މުއިއްޒު

ރާއްޖޭގެ އެތެރޭގެ މާލީ މުޢާމަލާތްތަކުގައި ދިވެހި ރުފިޔާ ބޭނުންކުރާ މިންވަރު އިތުރުކޮށް މުޅި ނިޒާމު ރުފިޔާއަށް ބަދަލުކުރުމަށް ގާތްގަނޑަކަށް ދިހަ އަހަރު ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހަތް ބިލެއް ތަސްދީޤުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ ޙާޞިލުކުރެވޭނެ ލަނޑުދަނޑިއެއް ކަމަށާއި ނަމަވެސް ރައްޔިތުންނަށް ބުރަ ބޮޑުނުވާނެހެން މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ. މިހާރު ރާއްޖޭގެ އެތެރޭގައި ކުރާ މާލީ މުޢާމަލާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 42 އިންސައްތަ މުޢާމަލާތްތަކުގައި ބޭނުންކުރަނީ ބޭރު ފައިސާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

"ރާއްޖޭގައި މިއޮތީ މި ދެންނެވި ގޮތަށް މަސްހުނި ނިޒާމެއް. ރާއްޖޭގައި ބޭރު ފައިސާ ވަރަށް ބޮޑަށް ބޭނުންކުރެވެމުން މިދަނީ. ޚާއްޞަކޮށް ޑޮލަރު. އެހެންވީމާ މި ޙަޤީޤަތް މިހެން އޮތްއޮތުމަށް ރިޢާޔަތްކޮށްގެން ވަރަށް ތަފުސީލީ ގޮތެއްގައި މަސައްކަތްތަކެއް ކުރެވެން މި ޖެހެނީ. އެހެންވީމާ އެގޮތުން މިކުރެވޭ މަސައްކަތުން ރާއްޖޭގެ މުޅި ނިޒާމު އިރާދަކުރެއްވިއްޔާ ރުފިޔާއަށް ބަދަލުވެގެންދާނެ. އެކަމަކު އަޅުގަނޑަށް އަންދާޒާ ކުރެވޭ ދިހަވަރަކަށް އަހަރު ދުވަސް ނަގާނެ އެކީގައި ބަދަލުކުރަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުން 5.6 ބިލިޔަން ޑޮލަރުގެ އާމްދަނީ ލިބޭއިރު އެ ފައިސާގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމަށް ވަންނަނީ 3.8 ބިލިޔަން ޑޮލަރެވެ. ބޭންކުތައް މެދުވެރިކޮށް މާރުވަނީ އޭގެ ތެރެއިން އެންމެ 21 އިންސައްތައެވެ. ބޭންކިން ނިޒާމުގައި ޒަރޫރީ ބޭނުންތަކަށް ދޫކުރެވޭ ވަރަށް ބޭރު ފައިސާ ނުހުންނަނީ މި ސަބަބާ ހެދިއެވެ.

ރަސްމީ ނިޒާމުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުން ޢާންމުވުމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލި މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ޖެހެނީ އެ ބޮޑު އަގު ތަކެތީގެ އަގަށް އެއްކުރާށެވެ. އިމްޕޯޓަށް ބަރޯސާވާ ރާއްޖެއެއްގައި މީގެ ބުރަ ސީދާ ގޮތުން އުފުލަނީ ރައްޔިތުންނެވެ. އެހެންކަމުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ދަށްކުރުމަށްޓަކައި އެތެރޭގެ މުޢާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު މަދުކުރުމަކީ ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދުރުރާސްތާ އެއް އަމާޒެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޓެކްސް ދެއްކުން ފަދަ ކަންކަމުގައި އިސްކަންދޭނެ ފައިސާގެ ބާވަތް ކަނޑައެޅުމާއި މުޅި ނިޒާމަށް ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސަރުކާރުން ދެކެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.