މައިގަނޑު ބަޔަށް ދާން

ހަބަރު

ރެސިޑެންސީ ވިސާ ޕްރޮގްރާމަށް ނަޝީދުގެ ތާއީދު

މި ވާހަކަ އައީ އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ މެންބަރަކު ހަމަ އެ ޕްރޮގްރާމާ ދެކޮޅަށް މަޖިލީހުގައި މައްސަލައެއް ފައިލްކޮށްފައި ވަނިކޮށެވެ.

އަހުމަދު އާހިލް ސައީދު

ރޭގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ-
ރޭގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ-

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިގު މުއްދަތުގެ ރެސިޑެންސީ ވިސާ ޕްރޮގްރާމަކީ ޤައުމަށް ވަރަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

މި ވާހަކަ އައީ އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ މެންބަރަކު ހަމަ އެ ޕްރޮގްރާމާ ދެކޮޅަށް މަޖިލީހުގައި މައްސަލައެއް ފައިލްކޮށްފައި ވަނިކޮށެވެ.

ސަރުކާރުން ހެންލީ އެންޑް ޕާޓްނާސްއާ ގުޅިގެން ތައްޔާރުކުރަމުން އަންނަ "ޕާލް ރެސިޑެންސީ ޕްރޮގްރާމް" އާ މެދު ބޮޑެތި ތުހުމަތުތައް ކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވަނީ މިދިޔަ މަހު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ މައްސަލައިގައި އިންވެސްޓްމެންޓް މެދުވެރިކޮށް ރެސިޑެންސް ދިނުމާ ބެހޭ ޤާނޫނެއް ފާސްވެއްޖައުމެއް ނެތި ޕްރޮގްރާމަށް ހުއްދަ ނުދިނުމަށާއި ހެންލީ އެންޑް ޕާޓްނާސްއަށް މަސައްކަތް ހަވާލުކުރެވުނު ގޮތް ޖިނާއީ ގޮތުން ތަޙުޤީޤުކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހެޅުމަށް ވެސް ޝަމްހީދު އެދިވަޑައިގެންފައިވެއެވެ. އެއާ އެކު އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި ބަންޑާރަ ނައިބު އަޙުމަދު އުޝާމާއި އެމްއެމްއޭގެ ގަވަރުނަރު އަޙުމަދު މުނައްވަރާއި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަޙުމަދު ފަސީޙު ކޮމިޓީއަކަށް ޙާޟިރުކުރުމަށް ވެސް ހުށަހެޅުއްވިއެވެ.

ނަމަވެސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަޅުގަނޑަށް ފެންނަ ގޮތުގައި ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނެ ކަމެއް އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް" ކަމަށެވެ.

މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވެސް ވަނީ އިންވެސްޓާ ރެސިޑެންސީ ވިސާގެ ޕްރޮގްރާމަކީ އެ ސަރުކާރުގައި ފަރުމާކުރަން ފެށި ޕްރޮގްރާމެއް ކަމަށް ވިދާޅުވެފައެވެ. އެ ދައުރުގައި ކޯޕަރޭޓް ރެސިޑެންސީ ވިސާއަށް ދެވުނު ލުއިތަކަށް މިހާރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން އެއިރު ފާޑުވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.