މައިގަނޑު ބަޔަށް ދާން

ދުނިޔެ

އިސްރާއީލު ސިފައިން މަރުވުމާ ގުޅިގެން ފަލަސްތީނު ގެތައް ތަޅައިލަން ނިންމައިފި

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އެއްލާ ވާވެޔާ ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ގެތަކަށް ވަދެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ހިންގަމުން އެބަދެއެވެ. އެ ގެތައް ވަގުތީ ގޮތުން ބަންދުކުރުމަށްފަހު ފަހު މަރުހަލާއެއްގެ ގޮތުން ތަޅައިލާނެ ކަމަށް ވާވެޔާ ހާމަކުރެއްވިއެވެ.

އަހުމަދު އާހިލް ސައީދު

ޣައްޒާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ޣައްޒާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ހުޅަނގު އައްސޭރީގެ ނާބުލުސް ކައިރީގައި އޮންނަ ތާލް އަވަށުގައި ހުކުރު ދުވަހު ހިނގި ބަޑީގެ ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިން މަރުވި ހާދިސާއާ ގުޅިގެން އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަލަސްތީނު ރައްޔިތުންގެ ގެތައް ތަޅައިލަން އިސްރާއީލުން ތައްޔާރުވާން ފަށައިފިއެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް އެއްލާ ވާވެޔާ ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ގެތަކަށް ވަދެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ހިންގަމުން އެބަދެއެވެ. އެ ގެތައް ވަގުތީ ގޮތުން ބަންދުކުރުމަށްފަހު ފަހު މަރުހަލާއެއްގެ ގޮތުން ތަޅައިލާނެ ކަމަށް ވާވެޔާ ހާމަކުރެއްވިއެވެ.

ހުކުރު ދުވަހުގެ ހާދިސާގައި އިސްރާއީލުގެ ދެ ސިފައިންގެ އިތުރުން ހަތަރު ފަލަސްތީނު މީހުންވެސް ވަނީ މަރުވެފައެވެ. ފަލަސްތީނުގެ މަސްދަރުތައް ބުނާ ގޮތުން ހަމަނުޖެހުން ފެށުނީ ޣައިރު ގާނޫނީ އިސްރާއީލު އާބާދީ ކަމަށްވާ ހަވާތު ގިލާދު ކައިރީގައި އޮންނަ ތާލް އަވަށަށް ޔަހޫދީ ވަޒަންވެރިން ހަމަލާ ދިނުމުންނެވެ.

އެ ވަޒަންވެރިން ބަޑި ޖަހަން ފެށީ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރު ދިފާއުކުރަން މަސައްކަތް ކުރި ވަގުތު ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އިސްރާއީލު އަސްކަރިއްޔާ ބުނާ ގޮތުން އެ ސަރަހައްދަށް ސިފައިން ފޮނުވީ އެ ހިސާބުގައި ހިނގާފައި ދިޔަ އިސްރާއީލު ބަޔަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓާ ގުޅިގެންނެވެ.

މީހުން މެރުމުގެ ހަމަލާތަކުގައި ތުހުމަތުކުރެވޭ ފަލަސްތީނު މީހުންގެ ގެދޮރު ތަޅައިލުމަކީ އިސްރާއީލުން ގެންގުޅޭ ޒަމާންވީ ސިޔާސަތެކެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރާ ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ޖަމާއީ އަދަބެއް ދިނުމުގެ އަމަލެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.