މައިގަނޑު ބަޔަށް ދާން

ހަބަރު

ސަބްސިޑީގެ ޚަރަދު 3.2 ބިލިއަނަށް އެރިއިރު ބަޖެޓާ އަޅައިބަލާއިރު 10 ޕަސެންޓް އިތުރު

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަވީ 1.8 ބިލިއަން ރުފިޔާ ކަމަށް ވާއިރު މި އަހަރު އެ ޢަދަދު ވަނީ 77 ޕަސެންޓް އުފުލިފަ އެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއަށް އަގު ހިފެހެއްޓުމަށް ސަރުކާރުން އިތުރު އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެ އެވެ.

އަހުމަދު އާހިލް ސައީދު

މިނިސްޓްރީ އޮފް ފިނޭންސް: ފޮޓޯ: ވޮއިސް
މިނިސްޓްރީ އޮފް ފިނޭންސް: ފޮޓޯ: ވޮއިސް

މި އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ދައުލަތުން 3.2 ބިލިއަން ރުފިޔާ ޚަރަދުކޮށް ބަޖެޓްގައި އެކަމަށް ކަނޑައެޅި މިންވަރަށް ވުރެ 10 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަވީ 1.8 ބިލިއަން ރުފިޔާ ކަމަށް ވާއިރު މި އަހަރު އެ ޢަދަދު ވަނީ 77 ޕަސެންޓް އުފުލިފަ އެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު މައްޗަށް ދިއުމާ ގުޅިގެން އެސްޓީއޯއަށް އަގު ހިފެހެއްޓުމަށް ސަރުކާރުން އިތުރު އެހީ ފޯރުކޮށްދީފައިވާ ކަމަށް ވެ އެވެ.

ފިއުލް ސަބްސިޑީ އާއި ދަތުރުފަތުރުގެ ސަބްސިޑީގެ އިތުރުން ކުންޏާއި ނަރުދަމާގެ ޚިދުމަތަށް ދެވޭ ސަބްސިޑީ ހިމެނެނީ ސަބްސިޑީގެ އެންމެ ބޮޑު ބައެއް ހޭދަވާ ދާއިރާތަކުގެ ގޮތުގަ އެވެ.

ސަބްސިޑީގެ އިތުރުން ބަޖެޓުގައި އެހެނިހެން އެހީތަކަށް 2.8 ބިލިއަން ރުފިޔާ ކަނޑައެޅިފައި އޮތް ތަނުގައި މިހާތަނަށް 1.4 ބިލިއަން ރުފިޔާ ވަނީ ޚަރަދުވެފަ އެވެ. ހަމައެއާ އެކު އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާގެ ބޭނުންތަކަށް 135 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު އާސަންދައަށް 1.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.

އާސަންދަ ސްކީމަށް މި އަހަރުގެ ބަޖެޓުގައި ޖުމްލަ ދެ ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.