މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޢިރާޤުގެ ހަނގުރާމަވެރި ޖަމާޢަތުން ސަޢޫދީއަށް ޑްރޯން ހަމަލާ ދިން ކަމަށް ދޮގުކޮށްފި

އީރާނާ ގުޅިފައިވާ ޖަމާޢަތްތަކުގެ މި ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނީ މި ތުހުމަތުން އެނގެނީ ޢިރާޤާއި ޢިރާޤު ރައްޔިތުންނާ ދެކޮޅުވެރިވުމަކީ ސަޢޫދީ ނިޒާމުގެ ޠަބީޢީ ސިފައެއް ކަމެވެ.

އަހުމަދު އާހިލް ސައީދު

އިރާޤުގެ ހަނގުރާމަވެރިން؛ ފޮޓޯ / ވޮކްސް
އިރާޤުގެ ހަނގުރާމަވެރިން؛ ފޮޓޯ / ވޮކްސް

ސަޢޫދީ ޢަރަބިއްޔާގެ ތެލުގެ ވަސީލަތްތަކަށް ޑްރޯން ހަމަލާ ދިނީ "އީރާނުގެ ތާއީދު ލިބޭ ހަނގުރާމަވެރި ޖަމާޢަތްތަކުން" ކަމަށް ރިޔާޟުން ތުހުމަތުކުރުމާ ގުޅިގެން ޢިރާޤުގެ އިސްލާމިކް ރެސިސްޓެންސް އިން އެ ހަމަލާތަކުގެ ޒިންމާ ނަގަން ދެކޮޅު ހަދައިފިއެވެ.

އީރާނާ ގުޅިފައިވާ ޖަމާޢަތްތަކުގެ މި ނެޓްވޯކުން ނެރުނު ބަޔާނެއްގައި ބުނީ މި ތުހުމަތުން އެނގެނީ ޢިރާޤާއި ޢިރާޤު ރައްޔިތުންނާ ދެކޮޅުވެރިވުމަކީ ސަޢޫދީ ނިޒާމުގެ ޠަބީޢީ ސިފައެއް ކަމެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިއީ ޔަމަނުގެ ވޭންދެނިވި ހަމަލާތަކަށް ރައްދު ދެވޭ ވަރު ނެތުން ފޮރުވުމަށް ދައްކާ ދޮގު ވާހަކަތަކެކެވެ.

"ސަޢޫދީ ޢަރަބިއްޔާއިން އެޅި ކޮންމެ ގަމާރު ފިޔަވަޅަކަށް ހަރުކަށި ރައްދެއް ލިބޭނެ" ކަމުގެ އިންޒާރު އެ ޖަމާޢަތުން ދީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އެޅިފައިވާ ނާއިންސާފު ހިސާރު ނިމުމަކަށް ގެނައުމަށްވެސް ގޮވާލާފައިވެއެވެ.

ހޯމަ ދުވަހު ސަޢޫދީން ހާމަކުރި ގޮތުގައި އެ ޤައުމުގެ އިރުމަތީ ޕްރޮވިންސާއި ރިޔާޟުގެ ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް ޢިރާޤުން ފޮނުވާލި ޑްރޯންތައް ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވައި ނައްތާލާފައިވެއެވެ. މި ހަމަލާތައް އައީ ޔަމަނުގެ ޙޫޘީ ޖަމާޢަތުން ރެޑް ސީގައި ސަޢޫދީއާ ދެކޮޅަށް ކަނޑުގެ ހިސާރެއް އިޢުލާނުކުރި ދަނޑިވަޅެއްގައެވެ. ޙޫޘީން ސިފަކުރާ ގޮތުގައި އެ ފިޔަވަޅަކީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް ހިސާރުކޮށްފައި އޮތުމުގެ ރައްދެކެވެ. މި ސަރަޙައްދުގައި ނުތަނަވަސްކަން އިތުރަށް ބޮޑުވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.