ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ނިންމައިފި
ވިސާއާނުލާ ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ނިންމައިފި
Ahmed Aahil Saeed
20 July 2026
ތައިލަންޑް އެއާ އޭޝިއާ؛ ފޮޓޯ / އެއާ އޭޝިއާ
ތައިލެންޑްގެ ކެބިނެޓުން ވިސާޕޮލިސީ އަނެއްކާވެސް މުރާޖާކޮށް އާއްމުކުރި ނިންމުމުގައި، ވިސާއާނުލާ ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިމަހުގެ 14 ގައި ނިންމި މިއައު ވިސާ ޕޮލިސީގައި ވިސާއާ ނުލާ އެޤައުމަށް 30 ދުވަހަށް ދަތުރުކުރެވޭގޮތަށް އަލަށް ހަމަޖައްސައިދިން ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިތުރުން އިންޑިއާ، ކުރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ.
މީގެ ކުރިން، 19 މެއި 2026 ގައިތައިލެންޑުގެ ކެބިނެޓުން ވިސާ ޕޮލިސީއަށް ގެނައި ބަދަލުގައި، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލާ އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށްވަނީ ނިންމާފައެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލަންސީ ސިހާސަކް ފަންގްކެޓްކޯ އާއިއެކު 29 ޖޫން 2026 ގައި ބޭއްވެވި ފޯނުކޯލުގައި މިކަމާގުޅޭގޮތުން ކުރެއްވި މަޝްވަރާއަށް ފަހު ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާނުލާ ތިބެވޭ މުއްދަތު އިތުރުކޮށްދެއްވާފައިވާތީ އެކަމަކީ ދިވެހިރާއްޖެއިން މަރުހަބާ ކިޔާކަމެކެވެ.
ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ. އެހެންކަމުން، އެކަން އާއްމުކޮށް އިޢުލާން ކުރެވެންދެން، ދިވެހިންނަށް 60 ދުވަހަށް ވިސާއާނުލާ ތައިލެންޑަށް އަދި ދަތުރު ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް