މައިގަނޑު ބަޔަށް ދާން

ހަބަރު

ޤަތަރުގައި ހުންނަވާ ދިވެހި ސަފީރު ފަތްކޮޅު އަރުއްވައިފި

ދޯހާގެ ލުސައިލް ގަނޑުވަރުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޤަތަރުގެ އަމީރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ސަފީރު ވަނީ ތަހުނިޔާ ދަންނަވާފައެވެ. ރަސްމިއްޔާތަށް ފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ޤަތަރު ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދެންނެވުމުގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ސަފީރު ފާޅުކުރެއްވިއެވެ.

އަހުމަދު އާހިލް ސައީދު

ސަފީރު އާދަމް ޝަރީފާއި ޤަތަރުގެ އަމީރު؛ ފޮޓޯ / ފޮރިން މިނިސްޓްރީ
ސަފީރު އާދަމް ޝަރީފާއި ޤަތަރުގެ އަމީރު؛ ފޮޓޯ / ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއިން ޤަތަރަށް ކަނޑައެޅުއްވި ސަފީރު އާދަމް ޝަރީފް އުމަރު ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުއްވައިފިއެވެ.

ދޯހާގެ ލުސައިލް ގަނޑުވަރުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޤަތަރުގެ އަމީރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ސަފީރު ވަނީ ތަހުނިޔާ ދަންނަވާފައެވެ. ރަސްމިއްޔާތަށް ފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްޤީއަށް ޤަތަރު ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދެންނެވުމުގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް މަތީ ފެންވަރުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ސަފީރު ފާޅުކުރެއްވިއެވެ.

ޤަތަރުގެ އަމީރު ވަނީ ސަފީރު އާދަމް ޝަރީފަށް މަޤާމުގެ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގެން ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރައްވާފައެވެ.

ސަފީރު އާދަމް ޝަރީފް ވަނީ ޤަތަރުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ފަޚުރެއް ކަމުގައި ފާހަގަކުރައްވައި ދެ ޤައުމުގެ ޚާރިޖީ ގުޅުންތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ޤަތަރު އެމްބަސީގެ ސެކަންޑް ސެކެރެޓަރީ މުޙައްމަދު ތަޙްސީން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.