ދުނިޔެ

ޖެނުއަރީ މުޒާހަރާތަކުގައި ފުލުހުން މެރި މައްސަލައިގައި އީރާނުން ދެ މީހަކު ދަންޖައްސައިފި

January muzaaharaathakugai fuluhun meri massalaigai Iran in 2 meehaku dhan jassaifi

Ahmed Aahil Saeed

28 July 2026

0
ޖެނުއަރީ މުޒާހަރާތަކުގައި ފުލުހުން މެރި މައްސަލައިގައި އީރާނުން ދެ މީހަކު ދަންޖައްސައިފި

އީރާން މުޒާހަރާތަކުގެ ތެރެއިން؛ ފޮޓޯ / ދަ އެޓްލާންޓިކް

ފާރސް ނޫސް އެޖެންސީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޖެނުއަރީ 18 ވަނަ ދުވަހު އިސްފަހާނުގެ ޝަހީދު ޢަލީޚާނީ ސްކޮޔަރގައި ކުރި މުޒާހަރާގެ ތެރޭގައި އެ ދެ މީހުން ވަނީ ފުލުހުން ސައިންޕޯސްޓެއްގައި ވާގަނޑުން ބަނދެ ގައުން ޖެހުމަށްފަހު ގައިގައި ޕެޓްރޯލް ޖަހައި އަލިފާން ރޯކޮށްފައެވެ. އެ ފުލުހުން ދިރިތިއްބައި ބިންމައްޗަށް ދަމާ ގެންގޮސް ވަޅިންނާއި މެޗެޓީ )ފެލި ވައްތަރުގެ ބޮޑު ވަޅި( އިން ހަށިގަނޑަށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ފާރސް ބުންޏެވެ.

ޖެނުއަރީ މަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރޭގައި އިސްފަހާނުގައި ފުލުހުން މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އީރާނުން ދެ ފިރިހެނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.

ފާރސް ނޫސް އެޖެންސީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޖެނުއަރީ 18 ވަނަ ދުވަހު އިސްފަހާނުގެ ޝަހީދު ޢަލީޚާނީ ސްކޮޔަރގައި ކުރި މުޒާހަރާގެ ތެރޭގައި އެ ދެ މީހުން ވަނީ ފުލުހުން ސައިންޕޯސްޓެއްގައި ވާގަނޑުން ބަނދެ ގައުން ޖެހުމަށްފަހު ގައިގައި ޕެޓްރޯލް ޖަހައި އަލިފާން ރޯކޮށްފައެވެ. އެ ފުލުހުން ދިރިތިއްބައި ބިންމައްޗަށް ދަމާ ގެންގޮސް ވަޅިންނާއި މެޗެޓީ (ފެލި ވައްތަރުގެ ބޮޑު ވަޅި) އިން ހަށިގަނޑަށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށްވެސް ފާރސް ބުންޏެވެ.

އެ ސްކޮޔަރގައި ހަތަރު ސެކިއުރިޓީ އޮފިސަރުން މެރި މައްސަލައިގައި ޒުވާން 12 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ހާމަކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ މީހެއްގެ މަރުގެ ހުކުމް ޖުލައި 19 ގައި ވަނީ ތަންފީޒުކޮށްފައެވެ. އެ އޮފީހުން ވަނީ މަރުގެ ހުކުމް ތަންފީޒުކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.

އެ ޝަރީއަތްތަކަކީ "ޢަދުލުވެރި ޝަރީއަތެއްގެ މިންގަނޑުތަކަށް ނުފެތޭ" ޝަރީއަތްތަކެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މި އަހަރު ތެރޭގައި ޖެނުއަރީ މުޒާހަރާތަކާ ގުޅިގެން މަދުވެގެން 24 މީހެއްގެ މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

މުޒާހަރާތަކުގައި 3117 މީހުން މަރުވި ކަމަށް އީރާނު ސަރުކާރުން ބުނި ނަމަވެސް އެމެރިކާގައި ހުންނަ އެޗް.އާރް.އޭ.އެން.އޭ ޖަމާޢަތުން ވަނީ 7000 އަށް ވުރެ ގިނަ މަރު ލިޔެކިޔުމުން ސާބިތުކޮށް ގާތްގަނޑަކަށް 12000 މައްސަލައެއް ތަހުގީގުކުރަމުން ގެންދާ ކަމަށް ބުނެފައެވެ. އީރާނާ ބެހޭ އދ.ގެ ޚާއްސަ ރެޕޯޓެރ މައި ސާޓޯ ވިދާޅުވެފައިވާ ގޮތުގައި 20000 އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވެދާނެއެވެ. ނަމަވެސް ދައުލަތުން އިންޓަނެޓް ހިފެހެއްޓުމުގެ ސަބަބުން ހަގީގީ މިންވަރު ކަށަވަރުކުރެވެން ނެތް ކަމަށް އެ ކަމަނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް