މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޔޫއޭއީގެ އިރުމަތީ ސަރަޙައްދުތަކަށް ގަނޑުފެނާއެކު ބޯ ވާރޭ ވެހެނީ

ފުޖައިރާ ޚޯރު ފައްކާން އަދި ރައްސުލްޚައިމާގެ ސަރަޙައްދުތަކަށް މި ސަމާލުތައް ނެރެފައިވާ އިރު ބޭރަށް ނުކުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވިއްސާރައިގެ ސަބަބުން ނުރައްކާތެރި މޫސުމީ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް އެންސީއެމް އިން ވަނީ އިންޒާރުދީފައެވެ.

އަހުމަދު އާހިލް ސައީދު

ގަނޑުފެން؛ ފޮޓޯ / ދަ ނޭޝަނަލް ނިއުސް
ގަނޑުފެން؛ ފޮޓޯ / ދަ ނޭޝަނަލް ނިއުސް

ޔޫއޭއީގެ ބައެއް ހިސާބުތަކަށް ހޯމަ ދުވަހު ބޯކޮށް ވާރޭ ވެހި ގަނޑުފެން ވެއްޓެން ފެށުމާ ގުޅިގެން އެ ޤައުމުގެ މޫސުމާ ބެހޭ ޤައުމީ މަރުކަޒު (އެންސީއެމް) އިން ރީނދޫ އަދި އޮރެންޖް ސަމާލުތައް ނެރެފިއެވެ.

ފުޖައިރާ ޚޯރު ފައްކާން އަދި ރައްސުލްޚައިމާގެ ސަރަޙައްދުތަކަށް މި ސަމާލުތައް ނެރެފައިވާ އިރު ބޭރަށް ނުކުންނަ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ވިއްސާރައިގެ ސަބަބުން ނުރައްކާތެރި މޫސުމީ ހާދިސާތައް ހިނގުން އެކަށީގެންވާ ކަމަށް އެންސީއެމް އިން ވަނީ އިންޒާރުދީފައެވެ.

އެ ޤައުމުގެ އިރުމަތީ ފަރާތުގައި އޮންނަ މަސާފީ ސަރަޙައްދަށް ގަނޑުފެނާއެކު ވާރޭ ވެހެމުންދާ މަންޒަރު ސްޓޯމް ސެންޓަރު އެކައުންޓުން ޢާންމުކުރި ވީޑިއޯތަކުން ފެނެއެވެ. ވިއްސާރަ ވިލާތަކާ ގުޅިގެން ނެރެފައިވާ ސަމާލު ޔޫއޭއީ ގަޑިން ރޭގަނޑު 7 ޖެހުމާ ހަމައަށް ދެމިއޮންނާނެ ކަމަށް އެންސީއެމް އިން ވަނީ ބުނެފައެވެ.

ވާރޭގެ ތެރޭގައި ދުއްވާ އިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ފެން ބޮޑުވާ ސަރަޙައްދުތަކާ ދުރުހެލިވުމާއި ހޮނު ދެރިލާ ވަގުތު ހާމަ ތަންތަނުގައި ނުތިބުމަށް އެންސީއެމް އިން ވަނީ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. އެހެންމެ ބާރު ވައި ޖެހުމުން ތަކެތި ވިއްސައިގެން ދިޔުމާއި ރޮނގަށް ލޮލަށް ފެންނަ ދުރުމިން ކުޑަވެދާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.

މި ހޫނު މޫސުމުގައި ޔޫއޭއީއަށް ދޭތެރެދޭތެރެއިން ވިއްސާރައާ ކުރިމަތިލާން ޖެހިފައިވާ އިރު ޖުލައި 15 ވަނަ ދުވަހު އަލް ޢައިނަށް ވެސް މެދު މިނެއްގެ ވާރެއާއި ބޯ ވާރޭ ވެހިފައިވެއެވެ. މޫސުމީ ބަދަލުތަކާ ބެހޭ ގޮތުން އެންސީއެމްގެ މޫސުމީ ތަޖުރިބާކާރު އަޙްމަދު ޙަބީބު ވިދާޅުވީ އެލް ނީނޯ ގެ ސަބަބުން މި އަހަރުގެ ހަރީފު މޫސުމުގައި ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ގޮތުން ޔޫއޭއީއަށް އެލް ނީނޯގެ އަސަރު ކުރާނީ އޮކްޓޫބަރާއި ނޮވެމްބަރުގައި ކަމަށާއި ދުނިޔޭގެ އެހެން ހިސާބުތަކެކޭ ޚިލާފަށް ހޫނުމިން މައްޗަށް ދިޔުމުގެ ބަދަލުގައި ޖައްވުގެ ތެތްކަން އިތުރުވެ ވިލާ އުފެދުމާއި ވާރޭ ވެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.