މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޗައިނާގެ 400 ވައިގެ ދިފާޢީ ނިޒާމު ގަންނަން އީރާނުން ތައްޔާރުވެއްޖެ

މި މަޢުލޫމާތު އެނގޭ ތިން ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ މި ޑީލުގެ ދަށުން ގަންނަނީ ކޮނޑުމަތީގައި ބެހެއްޓޭ ވައިގެ ދިފާޢީ ނިޒާމުތައް ކަމަށާއި އޭގެ ޢަދަދު 300 އާއި 400 އާ ދެމެދުގައި ހުންނާނެ ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ޗައިނާގެ ވައިގެ ދިފާއީ ނިޒާމު؛ ފޮޓޯ / ވިކިޕީޑިއާ
ޗައިނާގެ ވައިގެ ދިފާއީ ނިޒާމު؛ ފޮޓޯ / ވިކިޕީޑިއާ

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޗައިނާގައި އުފައްދާ 400 އާ ހަމައަށް ވައިގެ ދިފާޢީ ހަތިޔާރު އީރާނަށް ފޮނުވާނެ ކަމަށް ރޮއިޓާސް ނޫސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.

މި މަޢުލޫމާތު އެނގޭ ތިން ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ބުނީ މި ޑީލުގެ ދަށުން ގަންނަނީ ކޮނޑުމަތީގައި ބެހެއްޓޭ ވައިގެ ދިފާޢީ ނިޒާމުތައް ކަމަށާއި އޭގެ ޢަދަދު 300 އާއި 400 އާ ދެމެދުގައި ހުންނާނެ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ ޗައިނާގެ ކިއުޑަބްލިއު-12 އަދި އެފްއެން-16 މިސައިލްތަކެވެ.

މި ހަތިޔާރުތައް ހޯދުމަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރާއި 70 މިލިއަން ޑޮލަރާ ދެމެދުގެ ޚަރަދެއް ހިނގާނެ ކަމަށް ލަފާކުރެވެއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މުހިންމު ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތައް ހިމާޔަތްކުރުމުގެ ޤާބިލުކަމުގައި ހުރި ބަލިކަށި ދިމާތައް ހާމަވުމާ ގުޅިގެން ކައިރި ރާސްތާ ވައިގެ ދިފާޢު ވަރުގަދަކުރަން އީރާނުން ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމުގައި މި ޑީލް ވެގެންދާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ހޮންގް ކޮންގުގައި ޤާއިމުވެފައިވާ "ޒޮންގްޗިންގް ބައޮޝެންގް އިންޓަނެޝަނަލް އިންވެސްޓްމަންޓް" ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް މި އެއްބަސްވުން ނިންމާފައިވާ ކަމަށް ރޮއިޓާސްގެ މަސްދަރުތަކުން ބުނެއެވެ. އެ ކުންފުންޏަކީ އީރާނުގެ އޮފިޝަލުންނާއި ޗައިނާގެ ދިފާޢީ ހަތިޔާރު އުފައްދާ ފަރާތާ ގުޅުވައިދޭ މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެކެވެ. ފުރަތަމަ ޝިޕްމަންޓް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އީރާނަށް ލިބޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.