ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމަށް 1.81 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
އަޙްމަދު އާހިލް ސަޢީދު
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޢިނާނެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން ކޮންކްރީޓާއި ދަގަނޑުގެ މަސައްކަތްތަކާއި ޓާރފް އެޅުމާއި ކުޅިވަރު އިކުއިޕްމެންޓް ހަރުކުރުމާއި ކަރަންޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
ގާތްގަނޑަކަށް 1,400 މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ މި ކޯޓުގެ ސަބަބުން ރައްޔިތުންނަށް ޞިއްޙީ އަދި އިޖުތިމާޢީ ފައިދާތައް ލިބޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް