މައިގަނޑު ބަޔަށް ދާން

ހަބަރު

ފުލުހުންގެ މުއައްސަސާއަށް 22 އަހަރު ފުރުން ހިނގާލުމަކުން ފާހަގަކޮށްފި

މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ފެށީ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުންނެވެ. ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދިޔަ އެ ހިނގާލުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާނާއި ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އަހުމަދު އާހިލް ސައީދު

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދަނީ.-- ފޮޓޯ: ޕޮލިސް
ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހާއްސަ ހިނގާލުން ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދަނީ.-- ފޮޓޯ: ޕޮލިސް

ފުލުހުންގެ ޚިދުމަތަށް 22 އަހަރު ފުރުމާ ގުޅިގެން މާލެއާއި އެކި ރަށްރަށުގައި 1000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި ޚާއްޞަ ހިނގާލުމެއް މިއަދު ހެނދުނު ބާއްވައިފިއެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ހިނގާލުން ފެށީ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުންނެވެ. ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ގެންދިޔަ އެ ހިނގާލުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާނާއި ޕޮލިސް ކޮމިޝަނަރު އަޙްމަދު މުޙައްމަދުގެ އިތުރުން ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

ތަފާތު ރޭންކުތަކުގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ހިމެނޭހެން 1000 އަށް ވުރެ ގިނަ މީހުން މާލޭ ހިނގާލުމުގައި ބައިވެރިވި ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމައެއާއެކު ރަށްރަށުގައި ވެސް އެ ރަށްރަށުގެ ފުލުހުންނާއި ސިވިލް މުވައްޒަފުން ވަކި ހިނގާލުންތައް ބާއްވާފައިވެއެވެ.

ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ އިދާރާ ހިންގަން ފެށީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު އެއް ވަނަ ދުވަހުއެވެ. މިއަދު ފާހަގަކުރީ އެ ތާރީޚުން ފެށިގެން 22 އަހަރު ފުރުމެވެ.

މި ދުވަހާ ގުޅިގެން ހިނގާލުމުގެ އިތުރުން ކުޑަކުދީންނަށް ޚާއްޞަ ހަވީރެއް މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި "ޕޮލިސް ފެމިލީ ނައިޓް"ގެ ނަމުގައި ޙަރަކާތެއް ވެސް ސޯޝަލް ސެންޓަރުގައި މިރޭ ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.