މައިގަނޑު ބަޔަށް ދާން

ކުޅިވަރު

އާޖެންޓީނާ ބަލިކޮށް ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކޮށްފި

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މިއީ ސްޕެއިނުގެ ފިރިހެން ގައުމީ ޓީމުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

އަހުމަދު އާހިލް ސައީދު

ސްޕެއިން ތަށި އުފުލުން؛ ފޮޓޯ / ސަން ޔޫކޭ
ސްޕެއިން ތަށި އުފުލުން؛ ފޮޓޯ / ސަން ޔޫކޭ

ސްޕެއިނުން އާޖެންޓީނާ 1-0 އިން ބަލިކޮށް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މިއީ ސްޕެއިނުގެ ފިރިހެން ގައުމީ ޓީމުން ވޯލްޑް ކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށްޓަކައި ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. މި މެޗުގައި ސްޕެއިނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އާޖެންޓީނާގެ ޑިފެންސުންނާއި ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ސްޕެއިންގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެންދިޔައީ ފުރިހަމަ ވަގުތުގެ ފަހުކޮޅު އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްއަށް ދެއްކި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު އާޖެންޓީނާއިން މެޗުގެ ބާކީ ބައި ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.

ސްޕެއިނަށް މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭޒްއެވެ. އޭނާ މި ލަނޑު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި، މެޗުގެ 106 ވަނަ މިނެޓުގައެވެ. ޕެޑްރޯ ޕޯރޯ ނެގި ހުރަހަކުން ނިކޯ ވިލިއަމްސް ބޮލުން ޖައްސާލި ބޯޅަ ޓޮރޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މި ކާމިޔާބީއާއެކު ސްޕެއިން ވެގެން ގޮސްފައިވަނީ 2010 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދި ޔޫރަޕްގެ ޗެމްޕިއަން ޓީމަށެވެ. އަދި މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ސްޕެއިނުން މި ތަށި އުފުލާލި ދެވަނަ ފަހަރެވެ. އާޖެންޓީނާއަށް މި ބައްޔާއެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.