މައިގަނޑު ބަޔަށް ދާން

ދުނިޔެ

ސަޢޫދީ ތެޔޮ ހިފައިގެން ދަތުރުކުރާ ޗައިނާގެ ދެ ތެޔޮ އުފުލާ ބޯޓު ރަތްކަނޑުން ނުކުތުމަށް ބާބު އަލްމަންދަބާ ދިމާލަށް ދަތުރުކުރަނީ

މި ދެ ބޯޓުގެ ދަތުރަކީ ސަޢޫދީ އަރަބިއްޔާއާ ދެކޮޅަށް ހޫތީން އިޢުލާނުކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ތަންފީޒުކުރާ މިންވަރު ވަޒަންކުރުމަށް ކުރެވޭ އިމްތިޙާނެއް ކަމަށް ގިނަ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

އަހުމަދު އާހިލް ސައީދު

ޗައިނާ ބޯޓެއް؛ ފޮޓޯ / ޚަބަރް އޭޝިއާ
ޗައިނާ ބޯޓެއް؛ ފޮޓޯ / ޚަބަރް އޭޝިއާ

ސަޢޫދީ އަރަބިއްޔާގެ 4 މިލިއަން ފީފާގެ ތެޔޮ ބަރުކޮށްގެން ދަތުރުކުރާ ޗައިނާގެ ދެ ތެޔޮ އުފުލާ ބޯޓު، ރަތްކަނޑުން ނުކުތުމަށްޓަކައި ބާބު އަލްމަންދަބު ކަނޑުއޮޅިއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށް ޝިޕިންގ ޑޭޓާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

މި ދެ ބޯޓުގެ ދަތުރަކީ ސަޢޫދީ އަރަބިއްޔާއާ ދެކޮޅަށް ހޫތީން އިޢުލާނުކޮށްފައިވާ ކަނޑުގެ ބްލޮކޭޑް ތަންފީޒުކުރާ މިންވަރު ވަޒަންކުރުމަށް ކުރެވޭ އިމްތިޙާނެއް ކަމަށް ގިނަ މާހިރުން ވަނީ ފާހަގަކޮށްފައެވެ.

ރޮއިޓާސްއިން މަޢުލޫމާތުދޭ ގޮތުގައި، މި ދަތުރުގައި ބައިވެރިވާ ބޯޓުތަކުގެ ތެރޭގައި ސިންގަޕޫރުގެ ދިދަ ނަގާފައިވާ 'ޒިން ލޯންގް ޔަންގް' ނަމަކަށް ކިޔާ ވީއެލްސީސީ ބޯޓު ހިމެނެއެވެ. މި ބޯޓު އަންގާރަ ދުވަހު ރަތްކަނޑުގެ މެދުތެރެއިން ދަތުރު މެދުކަނޑާލުމަށްފަހު، ބުދަ ދުވަހު އަލުން ދެކުނަށް ދަތުރުފަށައި، ޗައިނާގެ ގިންޒޫއަށް ދިއުމަށް ވަނީ މިސްރާބު ޖަހާފައެވެ. ދެވަނަ ބޯޓަކީ ޗައިނާގެ ދިދަ ނަގާފައިވާ 'ކޮސްނިއު ލޭކް' ނަމަކަށް ކިޔާ ވީއެލްސީސީ ބޯޓެވެ. މި ބޯޓު ދަތުރުކުރަމުންދަނީ ގުއާންގްޑޮންގްގެ ހުއިޒޫއަށެވެ.

މި ދެ ބޯޓުގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ޓްރާންސްމީޓަރުތަކުން ދައްކާ ގޮތުގައި، ދެ ބޯޓުގައިވެސް ތިބީ ޗައިނާގެ ފަޅުވެރިންކަން ރޮއިޓާސްއިން ފާހަގަކޮށްފައިވެއެވެ.

މިއަދުވެސް ހޫތީން ވަނީ ސަޢޫދީ އަރަބިއްޔާގެ ދެ ތެޔޮ އުފުލާ ބޯޓަކަށް ޑްރޯން އަދި މިސައިލް ބޭނުންކޮށްގެން ޙަމަލާދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.