މައިގަނޑު ބަޔަށް ދާން

ހަބަރު

އައިރީނާގެ ރާއްޖޭގެ މަންދޫބުކަމަށް ތޯރިގް ހަމަޖެއްސުމަށް މަޖިލީހަށް ހުށަހަޅައިފި

މި ވަގުތު ޔޫއޭއީގައި ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުގައި ހުންނެވި ތޯރިގަށް އެ މަޤާމު ދެއްވުމާ ގުޅޭ ގޮތުން ރައީސް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިއްވުމާ އެކު ރިޔާސަތުން ވަނީ އެ ކަން ދިރާސާކުރުމުގެ މަސައްކަތް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއާ ހަވާލުކުރައްވައިފައެވެ.

އަހުމަދު އާހިލް ސައީދު

މިނިސްޓަރު ތާރިޤު-- ފޮޓޯ: ވޮއިސް
މިނިސްޓަރު ތާރިޤު-- ފޮޓޯ: ވޮއިސް

ބައިނަލްއަޤުވާމީ އިޔާދަކުރަނިވި ހަކަތައިގެ ޖަމިއްޔާ (އައިރީނާ) ގައި ރާއްޖެ ތަމްސީލުކުރައްވާ މަންދޫބެއްގެ ގޮތުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ކަނޑައެޅުއްވުމަށް ރައީސް މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މި ވަގުތު ޔޫއޭއީގައި ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމުގައި ހުންނެވި ތޯރިގަށް އެ މަޤާމު ދެއްވުމާ ގުޅޭ ގޮތުން ރައީސް ފޮނުއްވި ސިޓީ މިއަދުގެ ޖަލްސާގައި އިއްވުމާ އެކު ރިޔާސަތުން ވަނީ އެ ކަން ދިރާސާކުރުމުގެ މަސައްކަތް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއާ ހަވާލުކުރައްވައިފައެވެ.

ތިމާވެށީގެ ދާއިރާގައި ދިގު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ތޯރިގް ވަނީ ދެ ސަރުކާރެއްގައި ތިމާވެށީގެ ވަޒީރުކަން ކުރައްވައިފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމާއި މި ސަރުކާރުގެ ފެށުމުގައިވެސް އެ މަޤާމު ފުރުއްވީ ތޯރިގެވެ. ރައީސް މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން އޭނާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފާއިތުވި މަހު ޔޫއޭއީގެ ސަފީރުކަމަށް ވަނީ ޢައްޔަންކުރައްވައިފައެވެ.

ތޯރިގް ދޫކޮށްލެއްވި ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވީ ޢަލީ ޝަރީފެވެ.

އައިރީނާ އަކީ ދުނިޔޭގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން ފުޅާކޮށް ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމުގެ މަޤުޞަދުގައި ޤާއިމުކޮށްފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މައި މަރުކަޒު ހުންނަނީ ތޯރިގް ސަފީރުކަން ކުރައްވާ ޔޫއޭއީގެ އަބޫދާބީގައެވެ. ރާއްޖެއިން މި ޖަމިއްޔާގެ މެންބަރަކަށް ވެފައިވަނީ 2009 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.