މައިގަނޑު ބަޔަށް ދާން

ހަބަރު

ދިޔާނާއަށް އީޔޫ އަދި ބެލްޖިއަމް ސަފީރުކަމުގެ ރުހުން މަޖިލީހުން ދީފި

މި މަހުގެ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިޔާނާގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ދިޔާނާއަކީ އެ މަޤާމަށް ޤާބިލު އަދި ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ނިންމިއެވެ.

އަހުމަދު އާހިލް ސައީދު

ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސައީދު

ވިލާތުގެ އިއްތިހާދާއި ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިޔާނާގެ ނަންފުޅު މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ދިޔާނާއަކީ އެ މަޤާމަށް ޤާބިލު އަދި ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ނިންމިއެވެ.

ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުން އިއްތިފާގުވެވަޑައިގެން ދިޔާނާ ޢައްޔަންކުރުމަށް ތާއީދުކުރެއްވިއެވެ.

ކޮމިޓީގެ ރިޕޯޓާ މެދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 52 މެންބަރުންގެ އިއްތިފާގުން ދިޔާނާއަށް ރުހުން ދިނުމަށް ފާސްކުރިއެވެ.

ދިޔާނާއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށް ފަހު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ދައުރުގައި ޖެންޑަރ މިނިސްޓަރުކަންވެސް އޭނާ އަދާކުރެއްވިއެވެ. ސަފީރުކަމަށް ނަން ހުށަހެޅުމުގެ ކުރިން މިދިޔަ އޭޕްރީލް މަހު ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.