މައިގަނޑު ބަޔަށް ދާން

ހަބަރު

އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް ބުނެފި

އެ މެންބަރު ވިދާޅުވި ގޮތުގައި ހާލަތު ހޫނުކުރިޔަސް ނުވަތަ މަޝްވަރާކުރިޔަސް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އިންތިޒާމެއް ހަމަޖެއްސޭނީ އީރާނުގެ ޒަރީއާއިން ކަމަށެވެ.

އަހުމަދު އާހިލް ސައީދު

އީރާން ތެޔޮ؛ ފޮޓޯ / ވީއެސްޖޭ
އީރާން ތެޔޮ؛ ފޮޓޯ / ވީއެސްޖޭ

އެމެރިކާއިން ފާޅުގައި ހަމަލާގެ އިންޒާރުދެމުން ސިއްރުން މަޝްވަރާއަށް ބާރުއަޅަމުންދާ ކަމަށް އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ތުހުމަތުކޮށްފިއެވެ.

އެ މެންބަރު ވިދާޅުވި ގޮތުގައި ހާލަތު ހޫނުކުރިޔަސް ނުވަތަ މަޝްވަރާކުރިޔަސް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ އިންތިޒާމެއް ހަމަޖެއްސޭނީ އީރާނުގެ ޒަރީއާއިން ކަމަށެވެ.

އީރާން-ޗައިނާ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ރައީސް މަޖީދުރެޒާ ހަރީރީ ވެސް ވަނީ އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާ ދިނުމުގެ ހިތްވަރު ވޮޝިންގްޓަނުގައި ނެތް ކަމަށް ވިދާޅުވެފައެވެ.

"އެ ހިތްވަރެއް އެމީހުންގެ ކިބައިގައި ނެތް. ސަބަބަކީ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލުމާ ދެކޮޅަށް ސަރަޙައްދުގެ އެހެން ޤައުމުތަކަށް ވުރެ އީރާނުގެ ކެތްތެރިކަމާއި ވިލުންވެރިކަން މާ ބޮޑު" ހަރީރީ ވިދާޅުވިއެވެ.

ހަރީރީ ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ކަރަންޓު ވިއުގައިގައި މުޅި ޤައުމުގެ އެކި ކަންކޮޅުތަކުގައި 150 ޕަވަރ ޕްލާންޓް ހިމެނެއެވެ. މި ވިއުގައިގެ ބޮޑުކަމާ ހެދި ވައިގެ ހަމަލާތަކަކުން މުޅި ޤައުމުން ކަރަންޓު ކެނޑުވައިލުމަކީ ނުހަނު ދަތި ކަމެއް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. މި ބަޔާންތައް އައިސްފައި ވަނީ އީރާނާ ދެކޮޅަށް އެމެރިކާގެ ބަސްމަގު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.