މައިގަނޑު ބަޔަށް ދާން

ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅިން އިރާޤުން މަހެއްގެ ތެރޭ 30 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފި

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.

އަހުމަދު އާހިލް ސައީދު

އިރާޤު ތެޔޮ؛ ފޮޓޯ / މީޑިއާ ލައިން
އިރާޤު ތެޔޮ؛ ފޮޓޯ / މީޑިއާ ލައިން

ޖުލައި 4 އިން އޮގަސްޓް 4 އާ ދެމެދު އިރާޤުން ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް 30 މިލިއަނަށް ވުރެ ގިނަ ފީފާ ސާފުނުކުރާ ތެޔޮ އެކްސްޕޯޓްކޮށްފައިވާ ކަމަށް އޭ.އެފް.ޕީ އިން ރިޕޯޓްކޮށްފިއެވެ.

ހަނގުރާމައިގެ ކުރިން އިރާޤުން ކޮންމެ މަހަކު އެވެރެޖްކޮށް 105 މިލިއަން ފީފާ ތެޔޮ އެ ކަނޑުއޮޅި މެދުވެރިކޮށް ބޭރުކުރިއެވެ. އެއީ ޚާއްސަކޮށް ބަޞަރާ ކައިރީގައި ހުންނަ ދެކުނު ޓާމިނަލްތައް މެދުވެރިކޮށެވެ.

ފާއިތުވި މަހު އެކްސްޕޯޓްކުރެވުނީ ހަނގުރާމައިގެ ކުރީގެ މަހެއްގެ އެވެރެޖުން ގާތްގަނޑަކަށް 29 އިންސައްތައެވެ.

އިރާޤުގެ ދައުލަތުގެ ތެޔޮ މާކެޓިންގ ކުންފުނި ސޮމޯގެ ވެރިޔާ ޢަލީ ނިޒާރު ލަފާކުރައްވާ ގޮތުގައި ޖުލައި މަހު ހޮރްމޫޒް ކަނޑުއޮޅިން 35.5 މިލިއަނާއި 37 މިލިއަނާ ދެމެދުގެ ޢަދަދެއްގެ ފީފާ ދައުރުވިއެވެ. އޭގެ އިތުރުން އިރާޤުން ތުރުކީއާ ގުޅޭ ޕައިޕްލައިން މެދުވެރިކޮށް ޖޭހާން އަށް 7 މިލިއަން ފީފާ ބޭރުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސީރިއާ ހުރަސްކޮށް ޓޭންކަރު ލޮރީތައް މެދުވެރިކޮށް ވެސް ބައެއް ތެޔޮ އުފުލަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ސީރިއާގެ ބާނިޔާސް ބަނދަރަށް ޕައިޕްލައިނެއް އެޅުމުގެ ވިސްނުން ދިރާސާ ކުރެވެމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.