މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުން މިހާރު އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް ނިއުކްލިއާ ހަތިޔާރެއް އީރާނަށް ލިބިގެން ނުވާނެ ކަމަށެވެ.

އަހުމަދު އާހިލް ސައީދު

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުން މިހާރު އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް ނިއުކްލިއާ ހަތިޔާރެއް އީރާނަށް ލިބިގެން ނުވާނެ ކަމަށެވެ.

ވޮޝިންގްޓަނުގައި ބޭއްވި ކޮރެސްޕޮންޑެންޓްސް ޑިނާގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ "އެމީހުން މިހާރު އަހަރެމެންނާ ވާހަކަ ދައްކަނީ އެއްބަސްވުމެއް ހަދަން ވަރަށް ބޭނުންވެގެން" ކަމަށެވެ. އެހެންނަމަވެސް އެކަމަށް އަދި ވަގުތު ނުޖެހޭ ކަމަށާއި އެމީހުންގެ ވާހަކަ އަޑުއެއްސެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީ ފިޔަވަޅުތަކުން އީރާނުގެ ބާރުތައް ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެގޮތުން އީރާނުގެ ކަނޑުގެ ލަޝްކަރާއި ވައިގެ ލަޝްކަރު ނެތިގެން ގޮސްފައިވާ ކަމަށް ވިދާޅުވެ 250 ޖެޓް ބޯޓު ހަލާކުވެފައިވާ ކަމަށާއި 159 އުޅަނދު ކަނޑުގެ އަޑިއަށް ގޮސްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އީރާނުގެ ރާޑަރު ސިސްޓަމްތައް ނެތް ކަމަށާއި ޑްރޯންތައް ވެސް ވަރަށް މަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ނިއުކްލިއާ ހަތިޔާރުގެ ނުރައްކާތެރިކަމާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ "އެމީހުންނަށް ނިއުކްލިއާ ހަތިޔާރު ލިބިއްޖެނަމަ ބޭނުންކުރާނެ" ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.