މައިގަނޑު ބަޔަށް ދާން

ހަބަރު

ރަސްމާލެއާ ދެކޮޅަށް ހަލީލް ވާހަކަ ދެއްކެވުމުން ފަލާހް ހައިރާންވެއްޖެ

ރަސްމާލެ މަޝްރޫޢާ މެދު ކުރީގެ ޚާރިޖީ މިނިސްޓަރު ޢަބްދުﷲ ހަލީލް ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެކްސް މެދުވެރިކޮށް ރައްދު ދެއްވައިފިއެވެ.

އަޙްމަދު އާހިލް ސަޢީދު

ރަސްމާލެއާ ދެކޮޅަށް ހަލީލް ވާހަކަ ދެއްކެވުމުން ފަލާހް ހައިރާންވެއްޖެ

ރަސްމާލެ މަޝްރޫޢާ މެދު ކުރީގެ ޚާރިޖީ މިނިސްޓަރު ޢަބްދުﷲ ހަލީލް ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން، ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް އެކްސް މެދުވެރިކޮށް ރައްދު ދެއްވައިފިއެވެ.

ފަލާހް ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް ވުރެ ވެސް ބޮޑަށް ހަލީލް އެ މަޝްރޫޢާ ދެކޮޅު ހެއްދެވުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ. އަދި ކުރިން ހީފުޅުކުރެއްވުނީ ގޯސްކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ރާއްޖެ ތަރައްޤީ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓުތައް ބޭނުންވާ ކަމަށާއި، އެ ފަދަ މަޝްރޫޢުތައް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒު ކުރުމަކީ ކޮރަޕްޝަނާ ދުރުހެލިވެ ކާމިޔާބީ ހޯދުމަށް މުހިންމު ކަމެއް ކަމަށެވެ. ހަލީލް ވަނީ ރަސްމާލެ ސިފަކުރައްވައިފައި ވަނީ އާދަޔާ ޚިލާފަށް ބޮޑު މަޝްރޫޢެއްގެ ގޮތުގައެވެ.

އެ ޕޯސްޓުގައި ހަލީލް ވަނީ ރަސްމާލެ މަޝްރޫޢާ ގުޅޭ ހަތް ސުވާލެއް ސަރުކާރަށް އަމާޒުކުރައްވައިފައެވެ. އެ ސުވާލުތަކުގެ ތެރޭގައި ރަސްމާލެ ހިއްކުމަށް ދައުލަތުން މިހާތަނަށް ހޭދަކުރި މިންވަރާއި، ބިމާއި ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ އާއި، އިންވެސްޓްމަންޓުން އަޕްފްރަންޓް ޕެއިމަންޓެއް ލިބޭތޯ އާއި، ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އާއި، ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމަށްތޯ އާއި، 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާ އިންތޯ އާއި، އެ އިންވެސްޓްމަންޓުގެ ސަބަބުން ރައްޔިތުންގެ ޙައްޤެއް ގެއްލޭތޯ ސާފުކުރެއްވުން ހިމެނެއެވެ.

ހަލީލް ފާހަގަކުރެއްވި ގޮތުގައި އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރީންގެ އަދަދުތަކުގައި ބޮޑެތި ފަރަގުތައް ހުރުމުން ރައްޔިތުންގެ މެދުގައި ނާޒުކު ކަންބޮޑުވުންތައް އެބަ ހުއްޓެވެ. ރަސްމާލެ މަޝްރޫޢާ ގުޅިގެން ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ބަހުސް ހޫނުވަމުން އަންނައިރު، މި ސުވާލުތަކަށް ސަރުކާރުން އަދި ޖަވާބު ދެއްވައިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.