މައިގަނޑު ބަޔަށް ދާން

ހަބަރު

ސިފައިންގެ 73 ވަނަ އަސާސީ ކޯހުން 117 ދަރިވަރުން ދަސްވެނިވެއްޖެ

މި ބެޗުން ޖުމްލަ 117 ދަރިވަރުން ދަސްވެނިވިއިރު އޭގެ ތެރޭގައި ހިމެނެނީ 95 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުންނެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.

އަހުމަދު އާހިލް ސައީދު

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: އެމްއެންޑީއެފް
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: އެމްއެންޑީއެފް

ޤައުމީ ދިފާޢީ ބާރުގެ އަސާސީ ތަމްރީނު ކޯހުގެ 73 ވަނަ ބެޗް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބާއްވައިފިއެވެ.

މި ބެޗުން ޖުމްލަ 117 ދަރިވަރުން ދަސްވެނިވިއިރު އޭގެ ތެރޭގައި ހިމެނެނީ 95 ފިރިހެން ދަރިވަރުންނާއި 22 އަންހެން ދަރިވަރުންނެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.

ވަޒީރު ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކުރެއްވުމުގެ އިތުރުން ކޯހުން ވަނަ ހޯދި ދަރިވަރުންނަށް އިނާމު ދެއްވާފައެވެ.

ދިފާޢީ ބާރާ އަލަށް ގުޅޭ މީހުންނަށް ޚާއްޞަކޮށް ހިންގާ މި ކޯހުގެ މައިގަނޑު ލަނޑުދަނޑިއަކީ ކޮންމެ ސިފައިންގެ މީހެއްގެ ކިބައިގައި ޤައުމީ ލޯތްބާއި ރިވެތި އަޚްލާޤާއި ހަށިހެޔޮކަމާއި ކިޔަމަންތެރިކަން ބިނާކުރުމެވެ.

އެއާއެކު ސިފައިންގެ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރެވޭނެ ފެންވަރަށް އަސާސީ ހުނަރާއި ޢިލްމު ދަސްކޮށްދިނުމަކީ ވެސް ކޯހުގެ އެއް އަމާޒެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.