މައިގަނޑު ބަޔަށް ދާން

ހަބަރު

ލޯންޗުގައި ޖެހުނު ފަހުން ފިލި އުޅަނދުގެ ހިލަމެއް ނުވެ ދުވަސްތައް ފާއިތުވަނީ

"ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި އެހެން އުޅަނދެއް ޖެހި ހިނގި މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތައް ލިބި އޭގައި ތިބި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދީފައިވެއެވެ.

އަހުމަދު އާހިލް ސައީދު

އެކްސިޑެންޓުގައި ގެއްލުން ލިބުނު ލޯންޗު؛ ފޮޓޯ / މިހާރު
އެކްސިޑެންޓުގައި ގެއްލުން ލިބުނު ލޯންޗު؛ ފޮޓޯ / މިހާރު

މި މަހުގެ 9 ވަނަ ދުވަހު މާލޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ހިނގި ކަނޑުމަތީ އެކްސިޑެންޓެއްގައި ހިމެނުނު އެއް އުޅަނދު ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

"ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި އެހެން އުޅަނދެއް ޖެހި ހިނގި މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތައް ލިބި އޭގައި ތިބި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާ ދީފައިވެއެވެ.

ނަމަވެސް ޖެހުނު އުޅަނދު އެ ވަގުތު ސީނުގައި މަޑުނުކޮށް ގޮސްފައިވާތީ އެ އުޅަނދު ދެނެގަތުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ހޯދުމުގެ މަސައްކަތަށް ކުރިއެރުމެއް ނުލިބެއެވެ. އެހެންނަމަވެސް އެ މަސައްކަތް ހުއްޓައި ނުލައި ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އެ އުޅަނދާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ ހާދިސާގައި ޒަޚަމްވީ ހަތަރު ބިދޭސީ ފިރިހެނުންނާއި އެއް ދިވެހި ފިރިހެނެކެވެ. މީސް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗުގެ އެއް ފަރާތުގެ ބިއްލޫރިގަނޑު އެއްކޮށް ތެޅިގެން ގޮސް އެ ފަޅީގެ ސީޓުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައި ހުއްޓެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.