ކުޅިވަރު

މަލްޑީނީ އާއި ލިއޮނާޑޯ މަގާމުން ވަކިވެ އިޓަލީގެ ފުޓްބޯޅައަށް ބޮޑު ހުސްކަމެއް

Maldini aai Leonardo magaamun vakive Italy ge football ah bodu huskameh

Ahmed Aahil Saeed

28 July 2026

0
މަލްޑީނީ އާއި ލިއޮނާޑޯ މަގާމުން ވަކިވެ އިޓަލީގެ ފުޓްބޯޅައަށް ބޮޑު ހުސްކަމެއް

މަލްޑީނީ އާއި ލިއޮނާޑޯ؛ ފޮޓޯ / އިންޑެޕެންޓް ފޮޓޯ އޭޖެންސީ

އެ ދެ ލެޖެންޑުން އެފްއައިޖީސީގެ ޓެކްނިކަލް އިސް ދައުރާ ހަވާލުވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ޖެހިޖެހިގެން ތިން ވޯލްޑް ކަޕަކުން ޖާގަ ގެއްލުމާ އެކު އިޓަލީގެ ފުޓްބޯޅަ އެއްކޮށް އޯވަހޯލް ކުރުމުގެ ޒިންމާ މި ދެ ފަރާތާ ހަވާލުކުރި ނަމަވެސް އެންމެ 16 ދުވަހުގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ވަކިވީއެވެ. ޕިރްލޯ ރަޝިޔާގެ ގޭމްބްލިން ކުންފުންޏަކާ އެކު ސްޕޮންސާޝިޕް އެއްބަސްވުމެއް ހަދާފައިވާކަން ފާހަގަވެ އެ ޑީލް ދެމި އޮއްވައި ކޯޗުކަމަށް ގެންނަން އުޅުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ހޫނު ފާޑުކިޔުންތައް އެފްއައިޖީސީއަށް އަމާޒުކުރިއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމަށް އެންޑްރެއާ ޕިރްލޯ ގެނައުމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ޓެކްނިކަލް ޑައިރެކްޓަރު ޕައޮލޯ މަލްޑީނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ މަގާމުން އިސްތިއުފާ ދީފިއެވެ.

އެ ދެ ލެޖެންޑުން އެފްއައިޖީސީގެ ޓެކްނިކަލް އިސް ދައުރާ ހަވާލުވީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ޖެހިޖެހިގެން ތިން ވޯލްޑް ކަޕަކުން ޖާގަ ގެއްލުމާ އެކު އިޓަލީގެ ފުޓްބޯޅަ އެއްކޮށް އޯވަހޯލް ކުރުމުގެ ޒިންމާ މި ދެ ފަރާތާ ހަވާލުކުރި ނަމަވެސް އެންމެ 16 ދުވަހުގެ ތެރޭގައި އެ ދެ ބޭފުޅުން ވެސް ވަކިވީއެވެ. ޕިރްލޯ ރަޝިޔާގެ ގޭމްބްލިން ކުންފުންޏަކާ އެކު ސްޕޮންސާޝިޕް އެއްބަސްވުމެއް ހަދާފައިވާކަން ފާހަގަވެ އެ ޑީލް ދެމި އޮއްވައި ކޯޗުކަމަށް ގެންނަން އުޅުމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސް ހޫނު ފާޑުކިޔުންތައް އެފްއައިޖީސީއަށް އަމާޒުކުރިއެވެ.

ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް 2022 ފެބްރުއަރީގައި ހަނގުރާމަ ފެށި ފަހުން އިޓަލީން ވެސް ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ގައުމީ ޓީމުގެ ކޯޗުކަމަށް އެންމެ ފުރަތަމަ އެފްއައިޖީސީން ބެލީ މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ގެނައުމަށެވެ. އެހެންނަމަވެސް ގާޑިއޯލާ އެ ހުށަހެޅުން ބަލައެއް ނުގަތެވެ.

މިހާރު އިޓަލީގެ މީޑިއާތަކުގައި ކޯޗުކަމާ ހަވާލުވެދާނެ ކަމަށް ބެލެވޭ އައު ނަންތަކެއް ދައުރުވަމުންދެއެވެ. އޭގެ ތެރޭގައި ކުރިން ވެސް އިޓަލީއަށް ކޯޗުކޮށްދީފައިވާ އެންޓޯނިއޯ ކޮންޓޭ އާއި ޔުވެންޓަސްގެ ކުރީގެ ކޯޗު ތިއޯގޮ މޮޓާ ހިމެނެއެވެ. މީގެ އިތުރުން ރޮބާޓޯ މަންޗިނީގެ ނަން ވެސް އަނެއްކާ ފެންމަތިވެފައިވެއެވެ.

މަލްޑީނީ އާއި ލިއޮނާޑޯ ވަކިވުމާ އެކު ކޯޗަކު ނެގުމުގެ ޓެކްނިކަލް މަސައްކަތް އިސްވެ ހިންގާނެ ފަރާތެއް ވެސް އެފްއައިޖީސީގައި ނެތް ކަމުން އެ މަގާމަށް ވެސް މީހަކު ހޯދުމުގެ ގޮންޖެހުން މިހާރު ކުރިމަތިވެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް