މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖެ-ތުރުކީ ވިޔަފާރީގެ އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފަށައިފި

މި އެއްބަސްވުމުގެ ސަބަބުން 75 ބާވަތެއްގެ މުދަލަށް ނަގާ ޓެރިފް ދަށްވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ.

އަހުމަދު އާހިލް ސައީދު

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު... ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު... ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކޮށްފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް (އެމްޓީޕީޓީއޭ) މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމުގެ ސަބަބުން 75 ބާވަތެއްގެ މުދަލަށް ނަގާ ޓެރިފް ދަށްވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވެއެވެ.

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އެކްސްގައި ހާމަކުރެއްވިއެވެ. ޚާއްޞަކޮށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ތުރުކީއަށް އެކްސްޕޯޓުކުރުމުގެ މަގު ފަހިވެ މަހުގެ ބައެއް ބާވަތްތައް ޓެރިފަކާ ނުލައި ފޮނުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

މި އެގްރީމެންޓާ ގުޅޭ ފުރަތަމަ ސޮއިކުރެވުނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ހިސާބުން ފެށިގެން އެގްރީމެންޓްގެ ތަފްސީލީ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވީ ތުރުކީއަށެވެ. އެ ދަތުރުގައި ދެ ޤައުމުން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމާ ބެހޭ ގޮތުން ވާހަކަތައް ފެއްޓެވިއެވެ.

ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް މިނިސްޓަރު ސަޢީދު ވިދާޅުވެފައިވެއެވެ. މީގެ އިތުރުން ޗައިނާއާ އެކު 2018 ގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރުމަށް ރާއްޖެއިން ނިންމާފައިވާއިރު އިންޑިއާ އަދި އިނގިރޭސިވިލާތާ އެކުވެސް އެފަދަ އެއްބަސްވުންތައް އެކުލަވައިލުމުގެ މަޝްވަރާތައް ކުރިއަށް އެބަދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.