މައިގަނޑު ބަޔަށް ދާން

ދުނިޔެ

އެމެރިކާ-ސައޫދީ ވައިގެ ހަމަލާތަކުގައި ޢިރާޤުގެ 20 ހަނގުރާމަވެރިން މަރުވެއްޖެ

ޝީޢީ މިލީޝިއާ ގްރޫޕްތައް ހިމެނޭ ގޮތަށް ދައުލަތުން ރަސްމީ ސިފައެއް ދީފައިވާ މި ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ ބަޣުދާދު ވާސިޠު ނައިނަވާ ބަޞަރާ ކިރުކޫކު ކަރުބަލާ އަދި ދިޔާލާ ޕްރޮވިންސްގައި ހުރި ޕީ.އެމް.އެފް ގެ އަސްކަރީ މަޤާމުތަކަށް މި ހަމަލާތައް އަމާޒުވި ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ސައުދީ އަސްކަރިއްޔާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ސައުދީ އަސްކަރިއްޔާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

އެމެރިކާއާއި ސައޫދީ ޢަރަބިއްޔާ ގުޅިގެން ޢިރާޤުގެ ހަތް ޕްރޮވިންސަކަށް ދިން ވައިގެ ހަމަލާތަކެއްގައި ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީ.އެމް.އެފް) ގެ މަދުވެގެން 20 ހަނގުރާމަވެރިން މަރުވެ 32 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ޖަމާޢަތުން ހާމަކޮށްފިއެވެ.

ޝީޢީ މިލީޝިއާ ގްރޫޕްތައް ހިމެނޭ ގޮތަށް ދައުލަތުން ރަސްމީ ސިފައެއް ދީފައިވާ މި ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ ބަޣުދާދު ވާސިޠު ނައިނަވާ ބަޞަރާ ކިރުކޫކު ކަރުބަލާ އަދި ދިޔާލާ ޕްރޮވިންސްގައި ހުރި ޕީ.އެމް.އެފް ގެ އަސްކަރީ މަޤާމުތަކަށް މި ހަމަލާތައް އަމާޒުވި ކަމަށެވެ.

މިއީ ޢިރާޤުގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދިޔަ ފުޅާ ދާއިރާއެއްގެ ހަމަލާތަކެކެވެ.

މި ހަމަލާތަކުގެ ސަބަބުން ޢިމާރާތްތަކާއި އުޅަނދުފަހަރާއި އަސްކަރީ ތަކެއްޗަށް ވެސް އެކި މިންވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ޕީ.އެމް.އެފް ގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީ.އެމް.އެފް އިން އިތުރަށް ފާހަގަކުރި ގޮތުގައި މިހާރު ހާމަކޮށްފައިވާ ޢަދަދުތަކަކީ ފުރަތަމަ މަރުޙަލާގެ ތަފާސްހިސާބު ކަމަށާއި ހަމަލާ އެރި ސަރަޙައްދުތަކުގައި ސަރަޙައްދީ ދިރާސާ މިހާރުވެސް ކުރިއަށް ދާ ކަމަށެވެ. އެ ދިރާސާތައް ނިމޭ ވަރަކުން މަރުވި މީހުންނާއި ޒަޚަމްވީ މީހުންގެ ޢަދަދު އިތުރުވެގެން ދިޔުން ވަރަށް ބޮޑަށް އެކަށީގެންވާ ކަމަށް ވެސް އެ ޖަމާޢަތުން ބުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.