ކަނޑުއޮތްގިރީގެ އައިސް ޕްލާންޓުން މަސްވެރިންނަށް ޚިދުމަތް ދޭން ފަށައިފި
Kanduoiythireege ice plant in masverinnah hidhumaiy dheyn fashaifi
Ahmed Aahil Saeed
27 July 2026
ކަނޑުއޮތްގިރީގައި އަލަށް ބެހެއްޓި 25 ޓަނުގެ އައިސް ޕްލާންޓުން މިއަދު ރަސްމީކޮށް އައިސް ވިއްކަން ފެށުން؛ ފޮޓޯ / މިނިސްޓްރީ އޮފް ފިޝެރީޒް
ކަނޑުއޮތްގިރީގައި އަލަށް ބެހެއްޓި 25 ޓަނުގެ އައިސް ޕްލާންޓުން މިއަދު ރަސްމީކޮށް އައިސް ވިއްކަން ފަށައިފިއެވެ.
މި ޕްލާންޓް ގާއިމުކުރެވިފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ވަކިން ޚާއްޞަކޮށް ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އައިސް ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.
ސަރުކާރުން ދަނީ މަސްވެރިކަން ރާއްޖޭގައި ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާ އެއްވެސް ސަރުކާރުން ވަނީ މިއަހަރު ތެރޭގައި ދައްކާ ނިންމާފައެވެ.
މި ޚިދުމަތާއެކު އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ކުރިން ކުރިމަތިވަމުން ދިޔަ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް