މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނުގެ ބަނދަރު ސިޓީއެއްގެ މަތިން ދުޝްމަން ޑްރޯނެއް ވައްޓާލައިފި

ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތުގައި ހިނގި މި ހާދިސާގެ ތަފްސީލް ހާމަކޮށް ތަސްނީމް ނޫސް އެޖެންސީން ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އައި.އާރް.ޖީ.ސީ ގެ ޔުނިޓުން ވަނީ އެ މީހުން ނެގެހެއްޓި ޑްރޯން ދެނެގަނެ ނައްތާލައިފައެވެ.

އަހުމަދު އާހިލް ސައީދު

ޑްރޯން؛ ފޮޓޯ / އައިއެންއެސްއެސް
ޑްރޯން؛ ފޮޓޯ / އައިއެންއެސްއެސް

އީރާނުގެ ހުޅަނގު ދެކުނުގައި އޮންނަ ބަންދަރު އިމާމް ޚުމައިނީގެ ވައިގެ ސަރަޙައްދުން ބީރައްޓެހި ޑްރޯނެއް ފެނިގެން އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެ ޑްރޯން ވައްޓާލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތުގައި ހިނގި މި ހާދިސާގެ ތަފްސީލް ހާމަކޮށް ތަސްނީމް ނޫސް އެޖެންސީން ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އައި.އާރް.ޖީ.ސީ ގެ ޔުނިޓުން ވަނީ އެ މީހުން ނެގެހެއްޓި ޑްރޯން ދެނެގަނެ ނައްތާލައިފައެވެ.

ވައްޓާލެވުނު ޑްރޯންގެ ބައިތައް ބަންދަރު އިމާމް ޚުމައިނީގެ ގެއެއްގެ މައްޗަށް ވެއްޓުނު ނަމަވެސް މި ހާދިސާގައި އެއްވެސް ފުރާނައެއް ގެއްލިފައި ނުވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ޑް

ރޯން ދެނެގަތުމާ އެކު އައި.އާރް.ޖީ.ސީ ގެ ގޮވާ ތަކެތި ނައްތާލާ ޓީމެއް ވަނީ އެ ސަރަޙައްދަށް ގޮސް ވެއްޓިފައި ހުރި ބައިތައް ރައްކާތެރިކޮށް ނުރައްކާ ފިލުވައި އެ ތަކެތި އެ ސަރަޙައްދުން ނަގައިފައި ކަމަށް ތަސްނީމުން ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާ އާއި އީރާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެމެރިކާ އިން އެއްބަސްވުމާ ހިލާފުވުމުން އީރާނުން ވަނީ އެ ސުލްހައިގެ އެއްބަސްވުން ބާތިލްކުރަން ނިންމާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.