ދުނިޔެ

އެމެރިކާ-އީރާން ހަނގުރާމަ ހީކުރިވަރަށްވުރެ އުނދަގޫ ކަމަށް ގިނަ އެމެރިކާ ރައްޔިތުން ދެކޭ

America-Iran hanguraama heekuri varahvure undhangoo kamah gina America rayyithun dhekey

Ahmed Aahil Saeed

27 July 2026

0
އެމެރިކާ-އީރާން ހަނގުރާމަ ހީކުރިވަރަށްވުރެ އުނދަގޫ ކަމަށް ގިނަ އެމެރިކާ ރައްޔިތުން ދެކޭ

ނިއު ޔޯކް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ސީބީއެސް ނިއުސްއާއި ޔޫގަވް ގުޅިގެން ޖުލައި 22 އާއި 24 އާ ދެމެދު ކުރިއަށް ގެންދިޔަ މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ބުނީ ހަނގުރާމަ ކުރިއަށް ދަނީ ކުރިން ހީކުރި ގޮތަށް ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ޓްރަމްޕް ސަރުކާރުން ލަފާކުރި މިންވަރަށްވުރެ ބޮޑު ގޮންޖެހުމެއް ކަމަށް އެމެރިކާގެ 76 އިންސައްތަ ރައްޔިތުން ޤަބޫލުކުރާ ކަމަށް އައު ސާވޭއަކުން ދައްކައިފިއެވެ.

ސީބީއެސް ނިއުސްއާއި ޔޫގަވް ގުޅިގެން ޖުލައި 22 އާއި 24 އާ ދެމެދު ކުރިއަށް ގެންދިޔަ މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 20 އިންސައްތަ މީހުން ބުނީ ހަނގުރާމަ ކުރިއަށް ދަނީ ކުރިން ހީކުރި ގޮތަށް ކަމަށެވެ.

ކުރިން އަންދާޒާ ކުރި ވަރަށްވުރެ ފަސޭހަ ކަމަށް ދެކޭ މީހުންގެ ނިސްބަތް ހުރީ އެންމެ ހަތަރު އިންސައްތައިގައެވެ.

މި ހަމަނުޖެހުމާ ގުޅިގެން އެމެރިކާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ. ސާވޭގައި ބައިވެރިވި މީހުންގެ 58 އިންސައްތަ ބުނީ ޔަޤީންކަން ނެތް ކަމުގެ އިޙުސާސް ކުރެވޭ ކަމަށެވެ. އަދި 57 އިންސައްތަ މީހުންނަށް ކުރެވެނީ މާޔޫސީ އިޙުސާސެކެވެ. މީގެ އިތުރުން 36 އިންސައްތަ މީހުން ނެގެޓިވް ނަޒަރަކުން ދެކޭ ކަމަށް ބުނެފައިވާއިރު އުންމީދީ ގޮތަކަށް މި ކަންކަން ފެންނަ ކަމަށް ބުނީ އެންމެ 19 އިންސައްތަ މީހުންނެވެ.

އީރާނަށް މި ހަނގުރާމައިގައި ފައިދާ ބޮޑު ކަމަށް ދެކެނީ ސާވޭގެ ބައިވެރިންގެ 22 އިންސައްތަ މީހުން އެކަންޏެވެ. މި ސާވޭގެ ނަތީޖާތަކުން ދައްކަނީ އެމެރިކާ-އީރާން ހަނގުރާމައާ މެދު އެމެރިކާ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާ ކަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް