މައިގަނޑު ބަޔަށް ދާން

ހަބަރު

ކޮޅުވެއްޓި ބަންޑުންޖަހާލައި ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ

ތިލަފުށިން ފުރި މި ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ދަތުރުކުރިއެވެ. އެއީ 8 ބިދޭސީންނާއި 2 ދިވެހިންނެވެ. އުޅަނދު ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދިޔައިރު އޭގެ ތެރެއިން ދެ ބިދޭސީން ވަނީ ގެއްލިފައެވެ.

އަހުމަދު އާހިލް ސައީދު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރުމުގެ ތެރެއިން؛ ފޮޓޯ / ގާފަރު މީޑިއާ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި މީހުން ސަލާމަތްކުރުމުގެ ތެރެއިން؛ ފޮޓޯ / ގާފަރު މީޑިއާ

ކ. ގާފަރު ކައިރިން އިއްޔެ އަޑިއަށް ދިޔަ ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ވައިގެ މަގުންނާއި ކަނޑުމަގުން ފުޅާ ދާއިރާއެއްގައި ބެލި ނަމަވެސް އަދި މިހާތަނަށް އެ ދެ މީހުންގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.

ތިލަފުށިން ފުރި މި ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ދަތުރުކުރިއެވެ. އެއީ 8 ބިދޭސީންނާއި 2 ދިވެހިންނެވެ. އުޅަނދު ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދިޔައިރު އޭގެ ތެރެއިން ދެ ބިދޭސީން ވަނީ ގެއްލިފައެވެ.

ކޯސްޓްގާޑުން މެދުކެނޑުމެއް ނެތި މި ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް ސިފައިން ބުނެއެވެ. ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ބޭނުންކޮށްގެން ކަނޑުމަތީގެ ސާޗް އޮޕަރޭޝަން މިހާރުވެސް ދަނީ ހިންގަމުންނެވެ.

މި ހާދިސާ ހިނގި ވަގުތު މެޓް އޮފީހުން އޮތީ ޔެލޯ އެލާޓް ނެރެ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑު ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ހުޅަނގު މޫސުމާ ގުޅިގެން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި ލޯޕްރެޝާ ޓްރަފެއް އުފެދި ހުޅަނގު ފަރާތުން ބޯވިއްސާރަ ވިލާ ގިނަ ޢަދަދަކަށް އުފެދެމުންދާ ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ.

މިއަދާއި މާދަމާވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުން މުހިންމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.