މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޖަރުމަނުން އިސްރާއީލަށް ރެކޯޑް އަދަދަކަށް ހަތިޔާރު ވިއްކުމަށް ހުއްދަ ދީފި

މި އަދަދަކީ އޭގެ ކުރީގެ 20 މަސް ދުވަހު ޖުމްލަ ދެވުނު ހުއްދަތަކަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

އަހުމަދު އާހިލް ސައީދު

ޖަރުމަންވިލާތް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ޖަރުމަންވިލާތް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އިސްރާއީލަށް ގާތްގަނޑަކަށް 800 މިލިއަން ޔޫރޯ (913 މިލިއަން ޑޮލަރު) ގެ ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ލައިސެންސް ޖަރުމަނު ސަރުކާރުން ދީފައިވާކަން ބާލިންއިން ކަށަވަރުކޮށްދީފިއެވެ.

މި އަދަދަކީ އޭގެ ކުރީގެ 20 މަސް ދުވަހު ޖުމްލަ ދެވުނު ހުއްދަތަކަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ޔޫރަޕްގައި އިސްރާއީލުގެ އެންމެ ގާތް ބައިވެރިންގެ ތެރޭގައި ހިމެނޭ ޖަރުމަނުން އިސްރާއީލަށް ހަތިޔާރު ފޮނުވުމުގައި އާދަޔާ ޚިލާފު ބޮޑު އިތުރުވުމެއް އައިސްފައިވާކަން މި ތަފާސް ހިސާބުތަކުން ދައްކައެވެ.

ޣައްޒާގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ މެދު ކަންބޮޑުވާ ކަމަށް ޖަރުމަނު ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ހަތިޔާރު ވިއްކުމުގެ ހުއްދަތައް ދެމުން ގެންދާކަން ފާހަގަކުރެވެއެވެ.

ޖަރުމަނުގެ އިތުރުން އެމެރިކާއިން ވެސް ދަނީ އިސްރާއީލަށް ގިނަ އަދަދަކަށް ހަތިޔާރު ވިއްކަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.