މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޑީޕީން "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ރަސްފަންނުގައި މިރޭ އިހުތިޖާޖު ކުރަނީ

އެމްޑީޕީން ބުނާ ގޮތުގައި، މި ހަރަކާތަކީ މިހާރުގެ ސަރުކާރުން މުވައްޒަފުންނާ މެދު ހިންގަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރާ ބައެއް ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ. އޭގެ ތެރޭގައި ގާނޫނާ ހިލާފަށް އަދި ނުހައްގުން ވަޒީފާތަކުން ސަސްޕެންޑްކުރުމާއި، ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ.

އަހުމަދު އާހިލް ސައީދު

އެމްޑީޕީގެ ޗެއަރޕާސަން، ރައީސް ނަޝީދު؛ ފޮޓޯ / އެމްޑީޕީ
އެމްޑީޕީގެ ޗެއަރޕާސަން، ރައީސް ނަޝީދު؛ ފޮޓޯ / އެމްޑީޕީ

"ވަޒީފާ ބުރާސްފަތި" ގެ ނަމުގައި މާލޭގެ ރަސްފަންނު ސަރަހައްދުގައި މިރޭ އިހުތިޖާޖު ކުރަން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

މި އިހުތިޖާޖު ބޭއްވުމަށް ހަމަޖެހިފައިވަނީ ރަސްފަންނު ސަރަހައްދުގައި މިރޭ 8:30 ގައެވެ.

އެމްޑީޕީން ބުނާ ގޮތުގައި، މި ހަރަކާތަކީ މިހާރުގެ ސަރުކާރުން މުވައްޒަފުންނާ މެދު ހިންގަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރާ ބައެއް ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ ހަރަކާތެކެވެ. އޭގެ ތެރޭގައި ގާނޫނާ ހިލާފަށް އަދި ނުހައްގުން ވަޒީފާތަކުން ސަސްޕެންޑްކުރުމާއި، ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ޕާޓީން ބުނެއެވެ.

މި އިހުތިޖާޖަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ވަނީ މުޅި ރާއްޖޭގައި މި ހަރަކާރް ކުރިއަށްގެންދިޔުމަށް ނިންމާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި، ސިޔާސީ ސަބަބުތަކަށްޓަކައި އަދި ހަރަދު ކުޑަކުރުމުގެ ނަމުގައި ކުންފުނިތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ކަމުގެ ޝަކުވާ އެ ޕާޓީއަށް ދަނީ ލިބެމުންނެވެ.

މި އިހުތިޖާޖުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ރަސްފަންނަށް ހާޒިރުވުމަށް އާންމުކޮށް ދައުވަތު ދީފައެވެ. މި އެއްވުމުގައި ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އާންމު މެންބަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.