ދުނިޔެ

އެސްކޭ ގްރޫޕްގެ ޗެއާމަނަށް ވަރީގެ ބަދަލެއްގެ ގޮތުގައި 644 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމްކޮށްފި

SK group ge chairman vareege badhalehge gothugai 644 million dollar dhevvumah hukum koffi

Ahmed Aahil Saeed

25 July 2026

0
އެސްކޭ ގްރޫޕްގެ ޗެއާމަނަށް ވަރީގެ ބަދަލެއްގެ ގޮތުގައި 644 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމްކޮށްފި

ޗޭ ޓައި-ވޮން؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

މި މައްސަލައަކީ އެ ޤައުމުގެ މީޑިއާތަކުން "ޤަރުނުގެ ވަރި" ގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލައެކެވެ. ޗޭ އެހެން އަންހެނެއްގެ ފަރާތުން ދަރިއަކު ލިބިފައިވާކަން ފެންމަތިވެ 35 އަހަރުވީ ކައިވެނި ރޫޅުނީ މީގެ ދިހަ އަހަރަށް ވުރެ ކުރިންނެވެ. ރޯ އަކީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ރޯ ޓެއި-ވޫގެ ދަރިކަނބަލެކެވެ.

ދެކުނު ކޮރެއާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެސްކޭ ގްރޫޕުގެ ޗެއާމަން ޗޭ ޓެއި-ވޮން ކުރީގެ އަނބިކަނބަލުން ރޯ ސޯ-ޔޮންގަށް 944 ބިލިއަން ވޮން (644 މިލިއަން ޑޮލަރު) ދެއްކުމަށް އެ ޤައުމުގެ ކޯޓަކުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ އެ ޤައުމުގެ މީޑިއާތަކުން "ޤަރުނުގެ ވަރި" ގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލައެކެވެ. ޗޭ އެހެން އަންހެނެއްގެ ފަރާތުން ދަރިއަކު ލިބިފައިވާކަން ފެންމަތިވެ 35 އަހަރުވީ ކައިވެނި ރޫޅުނީ މީގެ ދިހަ އަހަރަށް ވުރެ ކުރިންނެވެ. ރޯ އަކީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ރޯ ޓެއި-ވޫގެ ދަރިކަނބަލެކެވެ.

2024 ވަނަ އަހަރު ފުރަތަމަ ޝަރީޢަތުގައި ޗެއާމަން ޗޭ 1.38 ޓްރިލިއަން ވޮން ދެއްކުމަށް ހުކުމްކުރިއެވެ. އެ ޝަރީޢަތުގައި ކުރީގެ ރައީސް ރޯ ޓެއި-ވޫ (1988 އިން 1993 އަށް ވެރިކަން ކުރެއްވި) އެމަނިކުފާނުގެ ޚާއްޞަ ފައިސާއިން 1991 ގައި ޗޭ އަށް 30 ބިލިއަން ވޮން ދީފައިވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ފަހުން އެ ނިންމުން ބާޠިލުކޮށް ޣައިރު ޤާނޫނީ ގޮތުން ހޯދާފައިވާ ފައިސާ ދެމަފިރިންގެ މިލްކިއްޔާތުގެ ބައެއް ކަމުގައި ނުބެލެވޭނެ ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން މިހާރު ކަނޑައެޅި ޢަދަދު ފުރަތަމަ ހުކުމަށް ވުރެ ކުޑަ ނަމަވެސް މި ނިންމުން އަދި މުޅިން ތަންފީޒު ކުރެވޭ ހިސާބަށް ގޮސްފައެއް ނުވެއެވެ.

ޗޭގެ ޤާނޫނީ ވަކީލުން ވިދާޅުވީ "ޗެއާމަން ޗޭ ޓެއި-ވޮން ވަރީގެ މައްސަލައިގެ ސަބަބުން ގިނަ ބަޔަކަށް ކަންބޮޑުވުން ކުރިމަތިވީތީ ވަރަށް ބޮޑަށް މާފަށް އެދިވަޑައިގަންނަވާ" ކަމަށާއި "ހުކުމް ރަނގަޅަށް ދިރާސާކުރުމަށް ފަހު ވަކި ޖަވާބެއް ހާމަކުރައްވާނެ" ކަމަށެވެ.

އެސްކޭ ގްރޫޕް 1953 ގައި ފޮތީގެ ކުންފުންޏެއްގެ ގޮތުގައި ފެށި ނަމަވެސް މިއަދު ސެމްސަންގް ގްރޫޕަށް ފަހު ދެކުނު ކޮރެއާގެ ދެވަނައަށް އެންމެ ބޮޑު ޗެބޯލް (ޢާއިލީ ވިޔަފާރި ގްރޫޕު) ގެ ގޮތުގައި ވަނީ ބަދަލުވެފައެވެ. އެ ގްރޫޕުގެ ދަށުން ހިންގާ އެސްކޭ ހައިނިކްސް އަކީ އެންވީޑިއާ ފަދަ ކުންފުނިތަކަށް ޗިޕް ސަޕްލައި ކުރާ ސެމީކޮންޑަކްޓާ ކުންފުންޏެކެވެ. މެއި މަހު އެ ކުންފުނީގެ އަގު ދެކުނު ކޮރެއާގެ ސްޓޮކް މާކެޓުގައި 1 ޓްރިލިއަން ޑޮލަރު ފަހަނައަޅައި ދިޔައިރު ދާދި ފަހުން ނިއުޔޯކުގެ ޝެއާ މާކެޓުގައި 26.5 ބިލިއަން ޑޮލަރުގެ ލިސްޓިންގެއް ކުރިޔެވެ. މިއީ އެމެރިކާގައި ބޭރު ކުންފުންޏަކުން ހިންގި އެންމެ ބޮޑު ލިސްޓިންގެވެ. މި ހުކުމުގެ އެންމެ ފަހުގެ ނިންމުން އެ ޤައުމުގެ ކޯޓުތަކުން ވަރަށް އަވަހަށް ނިންމާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް