މައިގަނޑު ބަޔަށް ދާން

ދުނިޔެ

އޯޕެކް ޕްލަސް އިން ސެޕްޓެމްބަރުގައި ތެޔޮ އުފެއްދުން އިތުރުކުރަން ނިންމައިފި

މި ނިންމުން އިޢުލާންކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާ ރަޝިޔާ ޢިރާޤު ކުވައިތު ކަޒަކިސްތާން އަލްޖީރިއާ އަދި ޢޫމާން ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން މި ފިޔަވަޅަކީ ބައިނަލްއަޤުވާމީ ތެލުގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް ޤައުމުތަކުން ގެންގުޅޭ މުޝްތަރަކު ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.

އަހުމަދު އާހިލް ސައީދު

އޯޕެކް+؛ ފޮޓޯ / އަލްޖަޒީރާ
އޯޕެކް+؛ ފޮޓޯ / އަލްޖަޒީރާ

އޯޕެކް ޕްލަސް އިއްތިހާދުގެ ހަތް ޤައުމަކުން ސެޕްޓެމްބަރު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 188000 ފީފާ ތެޔޮ އުފެއްދުން އިތުރުކުރުމަށް މިއަދު ނިންމައިފިއެވެ.

މި ނިންމުން އިޢުލާންކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާ ރަޝިޔާ ޢިރާޤު ކުވައިތު ކަޒަކިސްތާން އަލްޖީރިއާ އަދި ޢޫމާން ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން މި ފިޔަވަޅަކީ ބައިނަލްއަޤުވާމީ ތެލުގެ ބާޒާރުގެ ހަމަޖެހުން ދެމެހެއްޓުމަށް ޤައުމުތަކުން ގެންގުޅޭ މުޝްތަރަކު ސިޔާސަތުގެ ދަށުން ނިންމި ނިންމުމެކެވެ.

2023 ވަނަ އަހަރު އެއްބަސްވެފައިވާ ދުވާލެއްގެ މައްޗަށް 1.65 މިލިއަން ފީފާގެ ތެޔޮ ސަޕްލައި ކުޑަކުރުމުގެ ފިޔަވަޅު ބައިބަޔަށް ބައިކޮށް އުވައިލުމުގެ މަރުހަލާ ސެޕްޓެމްބަރު މަހުގެ މި ނިންމުމާއެކު ނިމުމަކަށް އާދެއެވެ.

އެ އެއްބަސްވުން ވެވުނު އިރު ޔޫއޭއީ ވެސް ބައިވެރިވިއެވެ. ނަމަވެސް ޔޫއޭއީ ވަނީ މެއި މަހު އޯޕެކުން ވަކިވެފައެވެ.

ރައިސްޓެޑް އެނަރޖީގެ ތަޙުލީލުކުރައްވާ ޖޯޖް ލިއޯން ވިދާޅުވީ "އޯޕެކް ޕްލަސް އިން އިޚުތިޔާރީ ތެޔޮ ކުޑަކުރުންތައް އެއްކޮށް ނިންމާލައިފި. ދެން އޮތް ގޮންޖެހުމަކީ އެކްސްޕޯޓް ފްލޯ ހަމައަކަށް އެޅޭ ވަރަކަށް ބާޒާރުގައި އުފެދިދާނެ ސާޕްލަސް މެނޭޖުކުރުން" ކަމަށެވެ. އެހެންނަމަވެސް މިވަގުތު ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުވެފައި އޮތުމުން ކުރު ރާސްތާގައި ބާޒާރަށް ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ޙަޤީޤީ އަސަރު ފެންނާނީ ތެޔޮ އެކްސްޕޯޓުގެ ދައުރު ހަމައަކަށް އެޅުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.