މައިގަނޑު ބަޔަށް ދާން

ހަބަރު

ހަވަނަ މެރިން ސައިންސް ސިމްޕޯޒިއަމް މިމަހު ޤައުމީ ޔުނިވަރސިޓީގައި ބާއްވަނީ

މި ބައްދަލުވުމަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް )އެމްއެމްއާރްއައި( އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސިމްޕޯޒިއަމް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. ދެ ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

އަހުމަދު އާހިލް ސައީދު

އެމްއެންޔޫ-
އެމްއެންޔޫ-

ރާއްޖޭގެ ކަނޑުތަކާ ގުޅޭ 47 ދިރާސާއެއް ހުށަހެޅުމަށް ހަމަޖެހިފައިވާ މެރިން ސައިންސް ސިމްޕޯޒިއަމް މިމަހުގެ 4 އިން 5 އަށް ބޭއްވުމަށް ތައްޔާރީތައް ނިމިއްޖެއެވެ.

މި ބައްދަލުވުމަކީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސިމްޕޯޒިއަމް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ. ދެ ދުވަހަށް ދެމިގެންދާ މި ހަރަކާތުގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

ހުށަހެޅޭ ކަރުދާސްތައް ބެހިގެންދަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކާ ގުޅޭ ދިރާސާތައް ޢާންމުންނާ ހިއްސާކޮށް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ގުޅުވައިދީ މެރިން ސައިންސްގެ ދާއިރާ ކުރިއެރުވުމަކީ މި ސިމްޕޯޒިއަމް ސިލްސިލާގެ މައިގަނޑު މަޤްޞަދެވެ. ރާއްޖޭގައި މި ދާއިރާއިން ބާއްވާ ހަމައެކަނި ބައްދަލުވުމަށް ވުމުން ދާއިރާގެ ބޭފުޅުންނަށް މިއީ ޚާއްޞަ ފުރުޞަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ މި ސިމްޕޯޒިއަމް ސިލްސިލާ ފެށިފައިވަނީ 2016 ވަނަ އަހަރުއެވެ. މިއީ މި ސިލްސިލާގެ ހަވަނަ ސިމްޕޯޒިއަމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.