މައިގަނޑު ބަޔަށް ދާން

ހަބަރު

ހޫޘީންގެ މިސައިލް ހަމަލާ ކުށްވެރިކޮށް ސައުދީއާ އެކު ދެމިތިބޭނެ ކަމަށް ރާއްޖެއިން ބުނެފި

ހޯމަ ދުވަހު ދެވުނު މި ހަމަލާއައީ ސައުދީ އުޅަނދުފަހަރު ރަތްކަނޑުން ދަތުރުކުރުން މަނާކޮށް ހޫޘީން ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވީ ފަހުންނެވެ.

އަހުމަދު އާހިލް ސައީދު

ދިވެހި ހާރިޖިއްޔާގެ އޮފީސް އިމާރާތް... ފޮޓޯ: ވޮއިސް
ދިވެހި ހާރިޖިއްޔާގެ އޮފީސް އިމާރާތް... ފޮޓޯ: ވޮއިސް

ރަތްކަނޑުގައި ދަތުރުކުރި ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރަކަށް ޔަމަނުގެ ހޫޘީ ޖަމާއަތުން ބެލިސްޓިކް މިސައިލަކުން ހަމަލާ ދިން މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފިއެވެ.

ހޯމަ ދުވަހު ދެވުނު މި ހަމަލާއައީ ސައުދީ އުޅަނދުފަހަރު ރަތްކަނޑުން ދަތުރުކުރުން މަނާކޮށް ހޫޘީން ކަނޑުގެ ބްލޮކޭޑެއް އިއުލާނުކުރިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވީ ފަހުންނެވެ.

ޚާރިޖިއްޔާއިން ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިބާވަތުގެ ހަމަލާތަކާ ހެދި ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތަށް ސީރިއަސް ނުރައްކާތައް ފެންމަތިވެއެވެ. މީގެ އިތުރުން ދުނިޔޭގެ އިޤުތިޞާދަށާއި ހަކަތައިގެ ރައްކާތެރިކަމަށް އަދި ސަރަޙައްދީ ހަމަޖެހުމަށް ވެސް ނޭދެވޭ އަސަރު ފޯރާނެ ކަމަށް ރާއްޖެއިން ދެކެއެވެ. ދިވެހި ސަރުކާރުން ސިފަކުރާ ގޮތުގައި މިއީ ދުނިޔެއަށް ހަކަތަ ފޯރުކޮށްދިނުމުގައި ނުހަނު މުހިންމު ދައުރެއް އޮންނަ ރަތްކަނޑާއި ބާބުލް މަންދަބް ސަރަޙައްދުގެ ހަމަޖެހުން ގެއްލުވައިލުމަށް ހިންގި ނުރައްކާތެރި ޢަމަލެކެވެ.

ދިވެހި ސަރުކާރުން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2216 އަދި 2722 ތަންފީޒުކުރުމަށާއި ކަނޑުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައިފައެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާ އެކީ ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރާއްޖެއިން ދީފައިވާ އިރު ސައުދީގެ އިސްތިޤުލާލާއި ސަލާމަތް ރައްކާތެރިކުރުމަށް އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަން ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.