މައިގަނޑު ބަޔަށް ދާން

ހަބަރު

ޕަމްޕު ސްޓޭޝަންތައް ނުނިމި ހުރުމުން ބޮޑުތަކުރުފާނުމަގަށް ފެންގަނޑު ބޮޑުވަނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ މަގުގައި ފެން ބޮޑުވާ މައްސަލަ ފެންމަތިވުމުން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ މި ކަމަށް ތަފްސީލް ދެއްވައިފައެވެ.

އަހުމަދު އާހިލް ސައީދު

އަލަށް ތަރައްގީކުރި ބޮޑުތަކުރުފާނު މަގު ސަރަހައްދު
އަލަށް ތަރައްގީކުރި ބޮޑުތަކުރުފާނު މަގު ސަރަހައްދު

މާލޭގެ ބޮޑުތަކުރުފާނުމަގުގެ އަލަށް ހެދި ސަރަޙައްދުގައި ފެން ހެދެމުންދާ ސަބަބަކީ އެ މަގުގައި ޤާއިމުކުރަން ރާވާފައިވާ ތިން ޕަމްޕު ސްޓޭޝަނެއްގެ މަސައްކަތް އަދި ފުރިހަމަ ނުވެ އޮތުން ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ މަގުގައި ފެން ބޮޑުވާ މައްސަލަ ފެންމަތިވުމުން އެމްޓީސީސީން ނެރުނު ބަޔާނެއްގައި ވަނީ މި ކަމަށް ތަފްސީލް ދެއްވައިފައެވެ.

ސަރުކާރުން އެ ކުންފުންޏާ ޙަވާލުކޮށްގެން ތަރައްޤީ ކުރި ބޮޑުތަކުރުފާނުމަގު މިހާރު ޢާންމު ދަތުރުފަތުރަށް ހުޅުވައިލާފައި ވީ ނަމަވެސް އެ މަގުގައި ނިންމަން ޖެހޭ އިތުރު މަސައްކަތްތަކެއް ބާކީ ހުރި ކަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެމްޓީސީސީން މީގެ ކުރިން މި މަހުގެ 24 ވަނަ ދުވަހުވެސް ބަޔާނެއް ނެރެ އެ މަގުގައި ފުރިހަމަ ނުވެ ހުރި މަސައްކަތްތައް ހުރި ކަން ބަޔާންކޮށްފައިވެއެވެ.

ޕަމްޕު ސްޓޭޝަންތަކުގެ މަސައްކަތް ނިމުމުން ފެން ހިންދުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.