މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ސާފްގެ އެގްޒެކިއުޓިވް ކޮމިޓީގެ ގޮނޑިއެއް ޝާފިއުއަށް ކާމިޔާބުވެއްޖެ

ސާފްގެ އޯޑިނަރީ ކޮންގްރެސްގައި ޝާފިއު އެ މަގާމަށް ހޮވިވަޑައިގެންނެވިއިރު އޭނާއަކީ ފާއިތުވި ދިހައެއްހާ އަހަރު ދިވެހި ފުޓުބޯޅައިގެ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.

އަހުމަދު އާހިލް ސައީދު

ހުސެއިން ޝާފިއު؛ ފޮޓޯ / އެފްއޭއެމް
ހުސެއިން ޝާފިއު؛ ފޮޓޯ / އެފްއޭއެމް

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) ގެ އެގްޒެކިއުޓިވް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އެފްއޭއެމްގެ ނައިބުރައީސް ޙުސެއިން ޝާފިއު (ކޮކީ) ހޮނިހިރު ދުވަހު އިންތިހާބުވެވަޑައިގެންފިއެވެ.

ސާފްގެ އޯޑިނަރީ ކޮންގްރެސްގައި ޝާފިއު އެ މަގާމަށް ހޮވިވަޑައިގެންނެވިއިރު އޭނާއަކީ ފާއިތުވި ދިހައެއްހާ އަހަރު ދިވެހި ފުޓުބޯޅައިގެ ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯގެ މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން ގެންދަވާ ޝާފިއުގެ ބެލުމުގެ ދަށުން މާޒިޔާ ވަނީ އެ ކުލަބުގެ ތާރީޚުގައި އެންމެ ރަނގަޅު ނަތީޖާތައް ހޯދާފައެވެ.

ޝާފިއު ކުރިން އެފްއޭއެމްގެ އެކްސްކޯގައިވެސް ޚިދުމަތްކުރެއްވި ނަމަވެސް އެ ދުވަސްވަރު އެސޯސިއޭޝަން ހިންގި ފަރާތްތަކުގެ ޢަމަލުތަކާ މެދު ހިތްހަމަނުޖެހިގެން 2023 ވަނަ އަހަރުގެ އޮކްޓޯބަރުގައި އޭނާ އިސްތިއުފާ ދެއްވިއެވެ.

އެފްއޭއެމްގެ ރައީސްކަމާ އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން ޝާފިއު ވަނީ ނައިބުރައީސެއްގެ ހައިސިއްޔަތުން އެ އެސޯސިއޭޝަނާ އަލުން ގުޅިވަޑައިގެންފައެވެ. ސާފްގެ އެކްސްކޯގެ ގޮނޑި ލިބުމާއެކު ސަރަޙައްދީ ފެންވަރުގައި ދިވެހި ފުޓުބޯޅައިގެ ތަމްސީލުކުރުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.