މައިގަނޑު ބަޔަށް ދާން

ހަބަރު

އައު ޤަވާއިދެއްގެ ދަށުން ހުއްދަ ނެތް ތަންތަނުން ބޭސް ވިއްކުން ހުއްޓުވަނީ

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގައި ބޭސް އިމްޕޯޓުކުރުމާއި ރައްކާކުރުމާއި ވިއްކުމުގެ އުސޫލުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. މި ޤަވާއިދު ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެންނެވެ.

އަހުމަދު އާހިލް ސައީދު

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ފާމަސީ - ފޮޓޯ: އެސްޓީއޯ
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި އެސްޓީއޯ މެޑިކަލް ސާވިސަސްގެ ފާމަސީ - ފޮޓޯ: އެސްޓީއޯ

އެމްއެފްޑީއޭގެ ޚާއްސަ ހުއްދައެއް ނެތި އާންމު ފިހާރަތަކުންނާއި އޮންލައިންކޮށް ބޭސް ވިއްކުން މަނާކުރާ އައު ޤަވާއިދެއް މިއަދު ޢާންމުކޮށްފިއެވެ.

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދުގައި ބޭސް އިމްޕޯޓުކުރުމާއި ރައްކާކުރުމާއި ވިއްކުމުގެ އުސޫލުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. މި ޤަވާއިދު ތަންފީޒުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެންނެވެ.

ޤަވާއިދުގައިވާ ގޮތުން ބޭހެއް ކަމަށް އެމްއެފްޑީއޭއިން ގިންތިކޮށްފައިވާ ކޮންމެ ބާވަތެއް ވިއްކޭނީ އެ އޮތޯރިޓީގެ ހުއްދައާ އެކުގައެވެ. އެހެންނަމަވެސް ޑޮކްޓަރުގެ ލިޔުމަކާ ނުލައި ދޫކުރެވޭ ވައްތަރުގެ ބައެއް ބޭސް ޙާލަތަށް ރިޢާޔަތްކޮށް އެމްއެފްޑީއޭގެ ހުއްދައިގެ ދަށުން އާންމު ފިހާރަތަކުން ވިއްކުމުގެ ޖާގަ ޤަވާއިދުގައި ވަނީ ދީފައެވެ.

މީގެ ކުރިން ހުމާއި ރޯގާ ފަދަ ޢާންމު ބަލިތަކަށް ބޭނުންކުރާ ޕްރިސްކްރިޕްޝަން ބޭނުންނުވާ ބޭސް އިތުރު ހުއްދައެއް ނެތި އާންމު ފިހާރަތަކުން ގަންނަން ލިބެއެވެ.

މީގެ އިތުރުން ބޭސް ވިއްކާ ހުރިހާ ތަނެއް އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރުން ލާޒިމުވާ އިރު ފާމަސީތައް ދެ ބަޔަކަށް ބައިކޮށްފައިވެއެވެ. އެއީ ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ތެރޭގައި ހިންގާ ބޭސް ފިހާރައާއި ވަކި ތަނެއްގެ ގޮތުގައި ހިންގާ ބޭސް ފިހާރައެވެ. ވެކްސިނާއި ބަޔޮލޮޖިކަލްސް ބެހެއްޓުމަށް ބޭނުންވާ ފިހާރަތަކުން އެކަން ލިޔުމުން އެމްއެފްޑީއޭއަށް އެންގުމަކީ ވެސް މި ޤަވާއިދުގެ ދަށުން ލާޒިމުކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.