މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޣައްޒާގެ ބަނޑުހައިހޫނުކަން އިތުރުވާނެ ކަމުގެ އިންޒާރު އދ. އިން ދީފި

ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެނީ ޑަބްލިއުއެފްޕީ މެދުވެރިކޮށެވެ. އެ ޖަމާޢަތުގެ އެމަޖެންސީ ތައްޔާރީ އަދި ރެސްޕޮންސް ޑައިރެކްޓަރ ރޮސް ސްމިތް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ "ވިތައުޓް ސަފިޝަންޓް ފަންޑިންގ ވީ ވިލް ބީ ފޯސްޑް ޓު ސްކޭލް ބެކް އެސިސްޓެންސް ފޯ ޕީޕަލް ހޫ ޑިޕެންޑް އޮން އިޓް ފޯ ސަވައިވަލް" ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ޣައްޒާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ޣައްޒާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ފައިސާގެ ދަތިކަމާ ގުޅިގެން ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީ ބޮޑުތަނުން މަދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން މިއަދު ދީފިއެވެ.

ޣައްޒާގެ އާބާދީގެ ބޮޑު ބަޔަކަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެނީ ޑަބްލިއުއެފްޕީ މެދުވެރިކޮށެވެ. އެ ޖަމާޢަތުގެ އެމަޖެންސީ ތައްޔާރީ އަދި ރެސްޕޮންސް ޑައިރެކްޓަރ ރޮސް ސްމިތް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ "ވިތައުޓް ސަފިޝަންޓް ފަންޑިންގ ވީ ވިލް ބީ ފޯސްޑް ޓު ސްކޭލް ބެކް އެސިސްޓެންސް ފޯ ޕީޕަލް ހޫ ޑިޕެންޑް އޮން އިޓް ފޯ ސަވައިވަލް" ކަމަށެވެ.

އިތުރު ފައިސާ ނުލިބިއްޖެނަމަ އޮކްޓޯބަރު މަހާ ހަމައަށް ވަރަށް ބޮޑެތި ކުޑަކުރުންތަކެއް ގެންނަން މަޖުބޫރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ހެދި ކާބޯތަކެތީގެ ޔަގީންކަމާ ގުޅޭ ސާވޭއަކުން ދައްކާ ގޮތުގައި ޣައްޒާގައި ތޫނު ބަނޑުހައިހޫނުކަމާ ކުރިމަތިލާ މީހުންގެ ޢަދަދު ޖޫން މަހުގެ 1.2 މިލިއަނުން ޑިސެމްބަރު މަހާ ހަމައަށް 1.4 މިލިއަނަށް — އެއީ ޣައްޒާގެ އާބާދީގެ 67 އިންސައްތައަށް — އިތުރުވާނެ ކަމަށް ބެލެވެއެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލިބޭ އެހީ މަދުވަމުން ދިއުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.