މައިގަނޑު ބަޔަށް ދާން

ހަބަރު

ފަވަރައިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭ ޚިދުމަތް އެމްއެމްއޭއިން ފަށައިފި

މަރުކަޒީ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަހުމަދު އާހިލް ސައީދު

ފަވަރަ އާއި ޔޫޕީއައި ގުޅުވައި ވަގުތުން އިންޑިއާއަށް ފައިސާ ފޮނުވޭ ނިޒާމް ތައާރަފްކުރުން.. ފޮޓޯ: އެމްއެމްއޭ
ފަވަރަ އާއި ޔޫޕީއައި ގުޅުވައި ވަގުތުން އިންޑިއާއަށް ފައިސާ ފޮނުވޭ ނިޒާމް ތައާރަފްކުރުން.. ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ ފަވަރަ ނިޒާމާއި އިންޑިއާގެ ޔޫޕީއައި ނިޒާމު ގުޅާލައި ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ޓްރާންސްފަރ ކުރެވޭ ޚިދުމަތެއް މިއަދު އެމްއެމްއޭއިން ރަސްމީކޮށް ފަށައިފިއެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ފެށި މި ޚިދުމަތުގެ ސަބަބުން ދެ ބޭންކުގެ ކަސްޓަމަރުންނަށް ވަކި އެޕްލިކޭޝަނެއް ބޭނުންނުކޮށް ބޭންކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވެއެވެ.

ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން ލިބޭ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނީ އިންޑިއާ ރުޕީސްއިންނެވެ. އެމްއެމްއޭއިން ސިފަކުރާ ގޮތުގައި މިއީ ރާއްޖޭގެ ބޭންކެއްގެ ތެރޭގައި ދެ އެކައުންޓެއް ދެމެދު ފައިސާ ފޮނުވުން ފަދައިން ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެކެވެ.

މި ޚިދުމަތް ބިނާވެފައިވަނީ 24 ޖުލައި 2025 ގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަޤުވާމީ ގޮފި ކަމުގައިވާ އެންއައިޕީއެލްއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ މައްޗަށެވެ. މި މަސައްކަތުގައި އެމްއެމްއޭ ޕޭމަންޓް މޯލްޑިވްސް ރިޒާވް ބޭންކް އޮފް އިންޑިއާ އެންއައިޕީއެލް އަދި ދެ ޤައުމުގެ ކަމާ ގުޅުންހުރި މާލީ އިދާރާތައް ބައިވެރިވެއެވެ. އެންއައިޕީއެލްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޢަމަލީ ގޮތުން ފެށުނު ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެ ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.