މައިގަނޑު ބަޔަށް ދާން

ހަބަރު

ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދޭ: ސީޕީ

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ސިފައިންގެ ތެރެއިން ވަކިވެ މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ހިންގަން ފެށުމަކީ ޑިމޮކްރެޓިކް ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި 22 އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ޚިދުމަތް ފެތުރިގެން ދިޔައިރު ވަސީލަތްތަކާއި އުމްރާނީ ބިނާ އެކަށީގެންވާ ވަރަށް ނެތުމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަހުމަދު އާހިލް ސައީދު

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު- ފޮޓޯ/ ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު- ފޮޓޯ/ ޕޮލިސް

ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒެއް ބިނާކުރުމާއި މުއައްސަސާގެ ޤާބިލުކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި އެކުވެރިކަމުގެ ހިނގާލުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ ސިފައިންގެ ތެރެއިން ވަކިވެ މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުން ހިންގަން ފެށުމަކީ ޑިމޮކްރެޓިކް ދަތުރުގައި ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި 22 އަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް ޚިދުމަތް ފެތުރިގެން ދިޔައިރު ވަސީލަތްތަކާއި އުމްރާނީ ބިނާ އެކަށީގެންވާ ވަރަށް ނެތުމުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ސަރުކާރުން ފުލުހުންގެ ޚިދުމަތާ ހަވާލުވިއިރު އަމިއްލަ މަރުކަޒުތައް ހުރެގެން ޚިދުމަތް ދެމުންދިޔައީ އެންމެ 17 ވަރަކަށް ރަށުގައި. ނަމަވެސް މިއަދު އިރާދަކުރައްވައިގެން ބާކީ ހުރި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ" ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުންގެ އޮނިގަނޑު އިޞްލާޙުކޮށް ޚާއްޞަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ފުލުހުން ރެއާއި ދުވާލު ބުރަ މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައި ބޭނުންވާ ހުރިހާ ވަސީލަތެއް ލިބި ރައްޔިތުން އިތުބާރުކުރާ ޤާބިލު މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ވެގެން ދިޔުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ ޚިދުމަތުގެ ދުވަހަކީ 2004 ވަނަ އަހަރު ސިފައިންގެ ބެލެނިވެރިކަމުން ވަކިވެ މަދަނީ މުއައްސަސާއެއް ގޮތުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް އުފެދުނު ދުވަހެވެ. ރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 29 މާރިޗު 1933 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.