ދުނިޔެ

ޓްރަމްޕް: އެމެރިކާގެ ރައްޔިތުން ތިބީ ހަނގުރާމައާ ދެކޮޅަކަށް ނޫން

ޓްރަމްޕް: އެމެރިކާގެ ރައްޔިތުން ތިބީ ހަނގުރާމައާ ދެކޮޅަކަށް ނޫން

Ahmed Aahil Saeed

22 July 2026

0
ޓްރަމްޕް: އެމެރިކާގެ ރައްޔިތުން ތިބީ ހަނގުރާމައާ ދެކޮޅަކަށް ނޫން

އެމެރިކާގެ ރައީސް. ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ އެމެރިކާގެ އާންމު ރައްޔިތުން ދެކޮޅު ނޫން ކަމަށެވެ. އަދި އިރާނަށް ދެމުންދާ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އެމެރިކާގެ ރައްޔިތުން ތިބީ ހަނގުރާމައާ ދެކޮޅަށް ނޫންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ އެމެރިކާގެ އާންމު ރައްޔިތުން ދެކޮޅު ނޫން ކަމަށެވެ. އަދި އިރާނަށް ދެމުންދާ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ޓްރަމްޕް ވިދާޅުވީ އިރާނުން ބޮޑު އަގެއް ދައްކަންޖެހޭނެ ކަމަށާއި، އެގައުމުގެ އަސްކަރީ އަދި އެހެނިހެން ވަސީލަތްތައް ބަލިކަށިކޮށް ނައްތާލެވެމުންދާ ކަމަށެވެ. މީގެއިތުރުން ހަނގުރާމައިގެ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ އިޝާރާތެއްވެސް ޓްރަމްޕް ވަނީ ކުރައްވާފައެވެ.

އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން މަރުވަމުންދާތީ، އިރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލު ގުޅިގެން ކުރިއަށްދާ ހަނގުރާމައާމެދު އާންމުންގެ ތާއީދު އޮތް މިންވަރާ މެދު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރައްޔިތުން ހަނގުރާމައާ ދެކޮޅު ނޫން ކަމަށެވެ.

ނަމަވެސް، ފެބުރުއަރީ މަހު އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ނަގާފައިވާ ޕޯލްތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައާމެދު އެމެރިކާގެ އާންމުންގެ ނުރުހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރައްޔިތުން ތެލުގެ އަގު ބޮޑުވާން ބޭނުންނުވި ނަމަވެސް، އެމީހުން ހަނގުރާމައާ ދެކޮޅު ނޫން ކަން އެންމެ ފަހުން ނެރުނު ޕޯލަކުން ސާފުކޮށް އެނގިގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ކޮން ސަވޭއަކަށް ކަމެއް ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް