މައިގަނޑު ބަޔަށް ދާން

ހަބަރު

ޕީއެންސީގެ މަތީ މަޖިލީހުގެ ވޯޓު ނެގުމާ ގުޅޭ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފި

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މަތީ މަޖިލީހާއި ޤައުމީ މަޖިލީސް އަދި ޕާޓީގެ އެކިއެކި ގުނަވަންތައް ހިންގާ އުސޫލު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ޤަވާއިދުގައި ސާފުކޮށް ލިޔެވިފައި ވެއެވެ. އެ ޤަވާއިދަކީ ޕާޓީގެ ވެބްސައިޓުން މެންބަރުންނާއި ނޫސްވެރިންނާއި ޢާންމު ރައްޔިތުންނަށް ބެލެން ހުރި ލިޔެކިޔުމެއް ކަމަށް ވެސް ޕީއެންސީން ފާހަގަކޮށްފައި ވެއެވެ.

އަހުމަދު އާހިލް ސައީދު

ޕީއެންސީ ބައްދަލުވުމެއްގެ ތެރެއިންް؛ ފޮޓޯ / ޕީއެންސީ
ޕީއެންސީ ބައްދަލުވުމެއްގެ ތެރެއިންް؛ ފޮޓޯ / ޕީއެންސީ

ނައިބު ރައީސުން އިންތިޚާބުކުރުމަށް މަތީ މަޖިލީހުގައި ވޯޓު ނަގާ އުސޫލާ މެދު މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތައް ޕީއެންސީން ދޮގުކޮށް ވޯޓުލުން ކުރިއަށް ގެންދާނީ ޕާޓީގެ އަސާސީ ޤަވާއިދުގައި ކަނޑައެޅިފައި އޮންނަ ގޮތަށް ކަމުގެ ޔަޤީންކަން ދީފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މަތީ މަޖިލީހާއި ޤައުމީ މަޖިލީސް އަދި ޕާޓީގެ އެކިއެކި ގުނަވަންތައް ހިންގާ އުސޫލު އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އަސާސީ ޤަވާއިދުގައި ސާފުކޮށް ލިޔެވިފައި ވެއެވެ. އެ ޤަވާއިދަކީ ޕާޓީގެ ވެބްސައިޓުން މެންބަރުންނާއި ނޫސްވެރިންނާއި ޢާންމު ރައްޔިތުންނަށް ބެލެން ހުރި ލިޔެކިޔުމެއް ކަމަށް ވެސް ޕީއެންސީން ފާހަގަކޮށްފައި ވެއެވެ.

އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން މަތީ މަޖިލީހުގައި ކަންކަން ފާސްކުރަން ވޯޓު ދެނީ އަތް އުފުލައިގެންނެވެ. ހަމައެހެންމެ މެންބަރުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ނެގޭ ވޯޓަކީ ހާމަ ވޯޓެއް ކަމުގައި ވާންޖެހޭނެ ކަމަށް ވެސް ޤަވާއިދުގައި އޮންނަ ކަމަށް ޕީއެންސީން ބުންޏެވެ. އެހެންކަމުން ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ މެންބަރުން ހޮވަން ހާމަ ވޯޓެއް ނެގުމަކީ ޤަވާއިދާ ޚިލާފު ކަމެއް ނޫން ކަމުގައި އެ ޕާޓީން ބުނެއެވެ.

ވިލަރެސް ކޮމެޓީން ވަކި ނިންމުމެއް ނިންމައިގެން އަތް އުފުލައިގެން ވޯޓު ނެގުން ކަނޑައެޅީ ކަމަށް ބުނެ ފެތުރޭ ވާހަކަ ވެސް ޕީއެންސީން ވަނީ ދޮގުކޮށްފައެވެ. އެ ޕާޓީން ބުނީ އެއީ ވަކިން ނިންމަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަން އަސާސީ ޤަވާއިދުގައި ކުރިންސުރެ ކަނޑައެޅިފައި އޮންނަ ކަމެއް ކަމަށެވެ.

ޕީއެންސީން ވަނީ ޕާޓީގެ އެތެރޭގެ ހުރިހާ ހިންގުމެއް ކުރިއަށް ގެންދާނީ އަސާސީ ޤަވާއިދާ އެއްގޮތަށް މިނިވަން ޑިމޮކްރެޓިކް ޕާޓީތަކުގެ އުސޫލުތައް ދޫކޮށްނުލައި ދެފުށް ފެންނަ ގޮތަށް ކަމުގެ ޔަޤީންކަން މެންބަރުންނަށް ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.