މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޙޫޘީން ސަޢޫދީގެ ތެޔޮ އިންފްރާސްޓްރަކްޗަރަށް ޑްރޯން ޙަމަލާ ދީފި

އީރާނާ ގުޅުން އޮންނަ ޙޫޘީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢް ވިދާޅުވީ ޔަމަނުގެ ވައިގެ ސަރަޙައްދަށް ސަޢޫދީގެ ޑްރޯންތައް ވަތް ކަމަށް ބުނެ އެކަމުގެ ރައްދެއްގެ ގޮތުގައި މި ޙަމަލާ ދިން ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ސައުދީ އަރަބިއްޔާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ސައުދީ އަރަބިއްޔާ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ޔަމަނުގެ ޙޫޘީ ޖަމާޢަތުން ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދުން ރެޑް ސީގެ ޔަންބޫ ސިޓީއާ ގުޅާލާ ތެޔޮ ސަޕްލައި އަދި ދަތުރުފަތުރު ނެޓްވޯކްތަކަށް ޑްރޯން ބޭނުންކޮށް ޙަމަލާ ދީފައިވާ ކަމަށް އެ ޖަމާޢަތުން ހާމަކޮށްފިއެވެ.

އީރާނާ ގުޅުން އޮންނަ ޙޫޘީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢް ވިދާޅުވީ ޔަމަނުގެ ވައިގެ ސަރަޙައްދަށް ސަޢޫދީގެ ޑްރޯންތައް ވަތް ކަމަށް ބުނެ އެކަމުގެ ރައްދެއްގެ ގޮތުގައި މި ޙަމަލާ ދިން ކަމަށެވެ.

"ވީ ޓާގެޓެޑް އަ ނަންބަރ އޮފް ސެންސިޓިވް ސައިޓްސް އެންޑް ޕޮއިންޓްސް ރިލޭޓެޑް ޓު ކްރޫޑް އޮއިލް ސަޕްލައިޒް އެންޑް ޓްރާންސްޕޯޓް ފްރޮމް އީސްޓަން ސަޢޫދީ ޢަރަބިއާ ޓު ޔަންބޫ ވިތް ޑްރޯންސް" ސަރީޢް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި ޙަމަލާތަކުން ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ މީހަކަށް އަނިޔާއެއް ވީ ކަމުގެ ރިޕޯޓެއް ވެސް ލިބިފައެއް ނުވެއެވެ.

އެ ޖަމާއަތުން ވަނީ ދާދިފަހުން ސައުދީގެ ތެޔޮގެ އުޅަނދުފަހަރުތައް ވެސް ކަނޑު މަގުން ހުއްޓާނެކަމަށް އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.