މައިގަނޑު ބަޔަށް ދާން

ހަބަރު

ފަނޑިޔާރު އިބްރާހިމް މާހިރު 11 މަސް ފަހުން ހައި ކޯޓުން ރިޓަޔާކުރައްވައިފި

މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް 11 މަސް ދުވަހުގެ ތެރޭގައި ރިޓަޔާކުރެއްވުމުގެ ހުށަހެޅުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް )ޖޭއެސްސީ( މިދިޔަ މަހު ހުށަހެޅުއްވުމުން އެ ކޮމިޝަނުން ވަނީ އެ ހުށަހެޅުން ބަލައިގެންފައެވެ.

އަހުމަދު އާހިލް ސައީދު

ފަނޑިޔާރު މާހިރު-
ފަނޑިޔާރު މާހިރު-

ހައި ކޯޓުގެ ފަނޑިޔާރުކަމުގައި އެއް އަހަރުވެސް ހަމަނުވަނީސް އެ މަގާމުން ރިޓަޔާކުރެއްވުމަށް އިބްރާހިމް މާހިރު ނިންމަވައި މިއަދު އެ މަގާމުން ވަކިވެވަޑައިގެންފިއެވެ.

މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް 11 މަސް ދުވަހުގެ ތެރޭގައި ރިޓަޔާކުރެއްވުމުގެ ހުށަހެޅުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް (ޖޭއެސްސީ) މިދިޔަ މަހު ހުށަހެޅުއްވުމުން އެ ކޮމިޝަނުން ވަނީ އެ ހުށަހެޅުން ބަލައިގެންފައެވެ.

ހައި ކޯޓުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފަނޑިޔާރެއްގެ ގޮތުގައި މާހިރު އަދާކުރެއްވި ޚިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

މާހިރުގެ ޝަރުޢީ ދާއިރާގެ ކެރިއަރު ފެށިވަޑައިގެންނެވީ ސިވިލް ކޯޓުންނެވެ. އެ ކޯޓުގައި ފަސް އަހަރު ޚިދުމަތްކުރެއްވުމަށް ފަހު 2010 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެން 2022 ވަނަ އަހަރުން ފެށިގެން އެ ކޯޓުގެ އިސް ޤާޟީގެ މަގާމު ފުރުއްވައި ހައި ކޯޓަށް އައްޔަންކުރެއްވެންދެން ހުންނެވީ ފެމިލީ ކޯޓުގައެވެ.

ޝަރުޢީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށް ފަހު މާހިރު ރިޓަޔާކުރައްވާއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވި ޖާގައަށް ބޭފުޅަކު ޢައްޔަންކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދަވާނީ ޖޭއެސްސީންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.