އެމެރިކާގެ މިސައިލް ދިފާއީ ނިޒާމުގެ ހަތިޔާރު ބިރުވެރި މިންވަރަކަށް މަދުވެއްޖެ
America ge missile dhifaaee nizaamuge hathiyaaru biruveri minvarakah madhu vejje
Ahmed Aahil Saeed
01 August 2026
އެމެރިކާގެ އަސްކަރިއްޔާ؛ ފޮޓޯ / ދަ އިންޓަނޭޝަނަލް އެފެއާޒް
މެދުއިރުމަތީގައި ދިގުލައިގެން ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ މިސައިލް ދިފާއީ އިންޓަސެޕްޓަރުތަކުގެ ސްޓޮކް ނުރައްކާތެރި ދަށް މިންވަރަކަށް ވެއްޓިފައިވާކަން ރިޕޯޓްތަކުން ހާމަވެއްޖެ.
ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން އެއްކޮށްފައިވާ ޑޭޓާ ދައްކާ ގޮތުން ހަނގުރާމައިގެ ކުރިން ގާތްގަނޑަކަށް 2300 ގައި ހުރި ޕެޓްރިއެޓް އިންޓަސެޕްޓަރުތައް މިހާރު ވަނީ 827 އަށް ވުރެ ދަށަށް ގޮސްފައެވެ. ހަމައެއާއެކު ތެޑް (ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް) ސިސްޓަމްތަކުގެ އަދަދުވެސް 452 އިން 278 އަށް ވުރެ ދަށަށް ވެއްޓިފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.
މި ދަތިކަން ހައްލުކޮށް ހަތިޔާރު އަލުން އެ މިންވަރަށް ގެނައުމަށް މަދުވެގެން ތިން އަހަރު ހޭދަވެދާނެ ކަމަށް ސީއެސްއައިއެސް އިން ވަނީ އިންޒާރު ދީފައެވެ.
މި މައްސަލައާ ކުރިމަތިލުމަށް ޕެންޓަގަން އިން ވަނީ 2026 ވަނަ މާލީ އަހަރަށް ހުށަހެޅި 67 ބިލިއަން ޑޮލަރުގެ ކުއްލި ފަންޑިންގެ ތެރެއިން 18.2 ބިލިއަން ޑޮލަރު ޕެޓްރިއެޓް މިސައިލާއި ނޭވީ ޓޮމަހޯކް ކްރޫޒް މިސައިލާއި ތެޑް ސިސްޓަމް ހޯދުމަށް ކަނޑައަޅައިފައެވެ.
އޭގެ އިތުރުން 2027 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގައި ހިމެނި ހަތިޔާރުގެ ދެބައިކުޅަ އެއްބައި ހިއްސާކުރީ ޔުނިޓަކަށް 600000 ޑޮލަރު ނުވަތަ އެއަށް ވުރެ ދަށް އަގުގެ ހަތިޔާރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް