ސެޕްޓެމްބަރު މަހު މީރާއަށް 2.69 ބިލިއަން ރުފިޔާ ބަލައިގެންފި
ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ސެޕްޓެމްބަރު މަހު ޖުމްލަ 2.69 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށާއި އެއީ އެ މަހަށް އަންދާޒާކުރި ޢަދަދަށް ވުރެ %12.7 އިތުރު ޢަދަދެއް ކަމަށް މީރާއިން ބުނެފިއެވެ.
އަހުމަދު އާހިލް ސައީދު

ލަފާކުރި މިންވަރަށް ވުރެ ޢާމްދަނީ މައްޗަށް ދިޔައީ މައިގަނޑު ތިން ދާއިރާއަކުން ލިބުނު ފައިސާ އިތުރުވެގެން ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ. އެ ގޮތުން ޖީއެސްޓީގެ ޢާމްދަނީ އާއި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޢާމްދަނީ އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނެގޭ ޓެކުހުގެ ޢާމްދަނީ ވަނީ ކުރިއަރައިފައެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިތުރުވެފައިވަނީ އެ މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު %18 މައްޗަށް ދިޔުމާ ގުޅިގެންނެވެ. ހަމައެއާ އެކު ރިޒޯޓު ކުލީގެ ގޮތުގައި ލިބުނު ފައިސާ ވެސް ކުރިން ލަފާކުރި މިންވަރު ފަހަނައަޅައި ގޮސްފައިވެއެވެ.
ނަމަވެސް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާ އިރު މި ފަހަރު ލިބުނު ޢަދަދު ވަނީ %10.7 ދަށަށް ގޮސްފައެވެ. އެހެންނަމަވެސް މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ޖުމްލަ ލިބުނު ޢާމްދަނީ، ކުރީ އަހަރުގެ އެ މުއްދަތާ އަޅައިކިޔާ އިރު %8.9 ގެ ކުރިއެރުމެއް ފެންނަ ކަމަށް މީރާއިން ބުނެފައިވެއެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ ޢާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް