މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޙަމާސްގެ އައު ލީޑަރު ސުލްހައިގެ މެދުވެރިންނަށް ޝުކުރު އަދާކުރައްވައިފި

ޙަމާސްގެ އައު ލީޑަރުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި، ޚަލީލް އަލްޙައްޔާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މިޞްރު، ޤަޠަރު އަދި ތުރުކިޔޭއަށް ޝުކުރު އަދާކުރައްވާފައެވެ.

އަހުމަދު އާހިލް ސައީދު

ޚަލީލް އަލްޙައްޔާ؛ ފޮޓޯ / އޭޕީ
ޚަލީލް އަލްޙައްޔާ؛ ފޮޓޯ / އޭޕީ

ޙަމާސްގެ އައު ލީޑަރު ޚަލީލް އަލްޙައްޔާ، ސުލްހައިގެ މެދުވެރިންނަށް ޝުކުރު އަދާކުރައްވައިފިއެވެ.

ޙަމާސްގެ އައު ލީޑަރުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ބަޔާނުގައި، ޚަލީލް އަލްޙައްޔާ ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މިޞްރު، ޤަޠަރު އަދި ތުރުކިޔޭއަށް ޝުކުރު އަދާކުރައްވާފައެވެ.

އަލްޙައްޔާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ޣައްޒާގައި އޮހޮރެމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށާއި، މަޝްވަރާތައް ކުރިއަށްގެންދިއުމަށް މިޞްރާއި ޤަޠަރުގެ އިތުރުން ތުރުކިޔޭއިން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

މީގެއިތުރުން، ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާ އަދި އެކަމަށް އެހީތެރިވެދޭ ޤައުމުތަކުން އިސްރާއީލުގެ ސަރުކާރަށް ނުފޫޒު ފޯރުވައި، އިސްރާއީލުން ކުރިން އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

ޚަލީލް އަލްޙައްޔާއަކީ ޙަމާސްގެ އިސް މަޝްވަރާކުރުންތެރިޔާގެ ދައުރު ކުރިންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ޙަމާސްގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އިންތިޚާބުކުރެވުނީ އެ ޖަމާއަތުގެ އެތެރޭގައި ނެގުނު ވޯޓަކަށްފަހުގައެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ޙަރަކާތްތަކުގެ ސަބަބުން ގިނަ އަދަދެއްގެ އާންމުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މެދުވެރިން ދަނީ ދެފަރާތާއެކު މަޝްވަރާތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.