މައިގަނޑު ބަޔަށް ދާން

ދުނިޔެ

ކިޔަވަން ތިބި ކުދިންގެ ހައްގުގައި ސަލްމާން ޚާން ނުކުމެ ވަރުގަދަ މެސެޖެއް ދީފި

ސަލްމާން ޚާން އެކްސްގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ، ކިޔަވާ ކުދިން ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި ފެށުނު މުޒާހަރާތަކުގެ ރޫހު ބަދަލުވެގެން ދިއުމުން އެކަމާ އޭނާ ހިތާމަކުރާ ކަމަށެވެ. އަދި ދަރިވަރުންގެ އާއިލާތަކަށް އޭނާ ވަނީ ހިތްވަރުދީފައެވެ. ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގައުމުގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން އެކީގައި ނުކުމެ ތިބުމަކީ އުފާކުރާ ކަމެއް ކަމަށްވެސް ސަލްމާން ޚާން ވަނީ ފާހަގަކޮށްފައެވެ.

އަހުމަދު އާހިލް ސައީދު

ސަލްމާން ޚާން؛ ފޮޓޯ / ޑީއެންއޭ އިންޑިއާ
ސަލްމާން ޚާން؛ ފޮޓޯ / ޑީއެންއޭ އިންޑިއާ

ކިޔަވަން ތިބި ކުދިންގެ ހައްގުގައި ސަލްމާން ޚާން ނުކުމެ ވަރުގަދަ މެސެޖެއް ދީފިއެވެ.

ސަލްމާން ޚާން އެކްސްގައި ހިއްސާކުރި މެސެޖުގައި ބުނެފައިވަނީ، ކިޔަވާ ކުދިން ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި ފެށުނު މުޒާހަރާތަކުގެ ރޫހު ބަދަލުވެގެން ދިއުމުން އެކަމާ އޭނާ ހިތާމަކުރާ ކަމަށެވެ. އަދި ދަރިވަރުންގެ އާއިލާތަކަށް އޭނާ ވަނީ ހިތްވަރުދީފައެވެ. ތައުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގައުމުގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން އެކީގައި ނުކުމެ ތިބުމަކީ އުފާކުރާ ކަމެއް ކަމަށްވެސް ސަލްމާން ޚާން ވަނީ ފާހަގަކޮށްފައެވެ.

ސަލްމާން ޚާން ބުނެފައިވަނީ ދަރިވަރުން ނަގާފައިވާ ނިންމުމަށް އޭނާ ތައުރީފުކުރާ ކަމަށެވެ. މިއީ އެކުދިންގެ ތައުލީމީ މުސްތަގުބަލަށާއި، އުނގެނުމަށް އޮތް ޝައުގުވެރިކަމާއި، ގައުމުގެ ތައުލީމީ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތެއްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ސުލްހަވެރިކަމާއެކު އިޙްތިޖާޖުކުރުމަކީ ރަނގަޅު މަގެއް ކަމަށާއި، މި ޖީލުގެ ހިތްވަރާއި ގައުމަށްޓަކައި ކުރާ މަސައްކަތަށް ސަލްމާން ވަނީ ސާބަސްދީފައެވެ.

މީގެ އިތުރުން، މި މައްސަލައަކީ ސީދާ ދަރިވަރުންނާއި ތައުލީމީ ނިޒާމާ ދެމެދު އޮތް މައްސަލައެއް ކަމަށާއި، މިއަށް ސިޔާސީ ނުފޫޒު ފޯރުވައި ސިޔާސީ ކަމަކަށް ހަދައިގެން ނުވާނެ ކަމަށް ސަލްމާން ޚާން ވަނީ އިތުރަށް ފާހަގަކޮށްފައެވެ. މިކަމުގެ ހުރިހާ ކްރެޑިޓެއް ލިބެންޖެހޭނީ ދަރިވަރުންނަށް ކަމަށާއި، ސަރުކާރުންވެސް ދަރިވަރުންނަށް އެއްބާރުލުންދީ ތައުލީމީ ނިޒާމު ވަރުގަދަކޮށްދޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސަލްމާން ޚާން ވަނީ ބުނެފައެވެ. އަދި އޭނާ އެދެނީ އެންމެންނަށްވެސް އެދެވޭ އަދި އެކަށީގެންވާ ނަތީޖާއެއް ލިބުން ކަމަށް ސަލްމާން ޚާން ވަނީ އިތުރަށް ބުނެފައެވެ.

ސަލްމާން ޚާންގެ މެސެޖު ނިންމާލަމުން އޭނާ ބުނެފައިވަނީ ތައުލީމަކީ އަހަރަކަށްވުރެ އަހަރެއް ކުރިއަރައި، މަގުބޫލުކަން ލިބެންޖެހޭ ކަމެއް ކަމަށެވެ. އަދި އިންޑިއާއަކީ ބޭރު ގައުމުތަކުގެ މީހުން އައިސް ކިޔަވާފަދަ ތައުލީމީ މަރުކަޒަކަށް ބަދަލުވެގެންދިއުމަކީ އޭނާ ދެކޭ އުއްމީދެއް ކަމަށް ސަލްމާން ޚާން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.